twitterviber whatsapp telegramfacebookyoutube instagram
7th November 2025

ސޯލާ ފެނަލް ހަރުކުރުމުގެ ބިޔަ މަޝްރޫއެއް ތިލަދުންމަތީގައި ފަށަނީ

Mar 10, 2016

ހއ. އަދި ހދ. އަތޮޅުގައި ހިމެނޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕެނަލް ހަރުކޮށް ޢިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއު އަންނަ އެޕްރީލް މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފި އެެވެ.

އެގޮތުން ސޯލާ ޕެނަލް ހަރުކޮށް ދުވާލު ގަޑީގައި އުފައްދާ ކަރަންޓްގެ 30 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫއު އޭޕްރީލް މަހުގެތެރޭގައި ފެށުމަށް އެންވަޔަރމަންޓް މިނިސްޓްރީން މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުން ނެވެ.

އަދި އެންވަޔަރމަންޓް އެންޑް އެނަރޖީ މިނިސްޓްރީން ވިދާޅުވެފައިވަނީ މިއީ ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ގައުމަށް ހެއްދެވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ފެށުން ކަމަށެވެ.

ހއ. އަދި ހދ. އަތޮޅު ހިމެނޭ ތިލަދުންމައްޗަކީ 50،000 މީހުންގެ އާބާދީއެއް އޮތް ސަރަޙައްދެކެވެ. މި ދެ އަތޮޅުގައި ޖުމްލަ 27 ރަށުގައި މީހުން ދިރުއުޅެމުންދެއެވެ.

އެހެންކަމުން މި ސަރަޙައްދުގައި ފެށުމަށް ތައްޔާރުވަމުންދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއަކީ މި ދާއިރާއިން ކުރިއަށްގެންދަވާ އެންމެ ބިޔަ މަޝްރޫއެވެ. މި މަޝްރޫއަށް ބޭނުންވާ ފައިސާ ޔޫރިޕިއަން އިންވެސްޓްމަންޓް ބޭންކުގެ ލޯންގެ ދަށުން މިހާރު ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރައްވަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވި، ކަރަންޓް އުފެއްދުމަށް ހޭދަކުރަންޖެހޭ މިންވަރު ކުޑަ ކުރެވިގެންދާނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355