ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން ހދ ނޮޅިވަރަންފަރު ސްކޫލްގައި ހަތަރު ކުލާސް ރޫމް އެޅުމުގެ އެއްބަސްވުމެއްގައި ސޮއެ ކޮށްފިއެވެ.
1.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނޮޅިވަރަމްފަރު ސްކޫލްގައި ހަތަރު ކުލާސްރޫމް އެޅުމަށް ހަމަޖެހިފައިވަނީ ގުރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓު (ޖީޖީޕީ) ގެ ދަށުންނެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޖަޕާނުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ ކައުންސިލަރު މަޝަހަރޫ ޝިމިޒޫ އެވެ. އަދި ނޮޅިވަރަންފަރު ސުކޫލްގެ ފަރާތުން ސޮއި ކުރެއްވީ އެ ސުކޫލްގެ ޕްރިންސިޕަލް އަލީ އަހުމަދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ޖީޖީޕީ ގެ ދަށުން މިފަހަރު ނޮޅިވަރަންފަރު ސުކޫލް ކަނޑައެޅިގެން ދިޔައީ އެ ސުކޫލްގައި ފާހަގަކޮށްލެވޭ ހާއްސަ ކަންތައްތަކެއް ހުރުމުން ކަމަށެވެ. އެއީ އާބާދީ އެެއްފަސް ކުރުމުގެ މަޝްރޫއުތަކެއް މީގެ އެތައް އަހަރެއް ކުރިން ފެށިގެން ހިނގަމުންދާ ސުކޫލެއް ކަމަށާއި އެކޮޅުގަ ހުރި ސުކޫލް އިތުރަށް ތަރައްގީކޮށް، މި އިތުރު ވި އާބާދީއާ އެކީގައި ސުކޫލަށް ގެންނަ ޖެހޭ އިތުރު ތަރައްގީގެ މަސައްކަތް ތަކަކީ ސަރުކާރުން ފައްޓައިގެން ކުރިއަށް ގެންދާ މަޝްރޫއުއެެއް ކަމަށް،” ސްޓޭޓު މިނިސްޓަރު ވިދާޅުވިއެވިއެވެ.
އޭނާ ވިދާޅުވީ، ޖަޕާންގެ ފަރާތުން މިއަދު ލިބުނު އެހީއަކީ ތައުލީމީ ދާއިރާ އިތުރަށް ފުޅާ ކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
ހދ.ނޮޅީވަރަންފަރު ސުކޫލުގައި 170 ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުން އަންނަ އިރު އެ ސްކޫލަކީ ގުރޭޑު 10 ހަމައަށް ކިޔަވާ ދެމުން އަންނަ ސުކޫލެކެވެ.