twitterviber whatsapp telegramfacebookyoutube instagram
19th May 2025

އަފީފުއްދީން ސްކޫލުގެ ޕްރިފެކްޓް ބޯޑާއި އަދަބީ ގުލްޒާރު އިފްތިތާހްކޮށްފި

Mar 10, 2016

އަފީފުއްދީން ސްކޫލުގެ ޕްރިފެކްޓް ބޯޑާއި އަދަބީ ގުލްޒާރު މިއަހަރަށް އިފްތިތާހް ކޮށްފި އެވެ.

މިއަދު މެންދުރު އަފީފުއްދީން ސްކޫލު ހޯލްގައި ބޭއްވި މި ރަސްމިއްޔާތު އިފްތިތާހްކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީ ކުޅުދުއްފުށީ ބުރާންޗްގެ މެނޭޖަރު އިބުރާހިމް މުހައްމަދެވެ.

ހާއްސަ މަގާމުތައް ލިބުނު ކޮންމެ ދަރިވަރަކުވެސް އެހެން ކުދިންނަށް އަހްލާގީ ގޮތުންނާއި ތައުލީމީ ގޮތުން ރީތި ނަމޫނާ ދެއްކުމަށް ޝަރަފްވެރިމެހެމާން އެދިލެއްވި އެެވެ. އަދި އެހެން ދަރިވަރުންގެ ފަރާތުން ފެންނަށް ނުރަނގަޅު ކަންތައް އިސްލާހުކުރުމަށް މަސައްކަތް ކުރާ ބަޔެއް ގޮތުގައި ވުމަށް އޭނާ ނަސޭހަތެރިވި އެވެ.

މިއަހަރު އަލަށް 23 ދަރިވަރަކު ވަނީ ޕްރިފެކްޓްކަމުގެ ހުވައި ކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ވަނީ ސްކޫލުގެ އިސް މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް ޝޭޝް އާއި ޓެގް އަދި ސެޓްފިކެޓް ހަވާލުކޮށްދީފަ އެވެ.

ސްކޫލު ކެޕްޓަނަކަށް ހޮވުނީ ހުމައިދު ހަސަން އެވެ. އެކި މަގާމްތަކަށް ދިޔަ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ޝަރަފްވެރިމެހެމާން އިބުރާހިމް މުހައްމަދާއި ސްކޫލު ޗެއާޕާސަން މޫސާ އަބޫބަކުރު އަދި ޕީޓީގެ ނައިބް ރައީސް އަލީ އާދަމެވެ.

ޙަބަރާއި ގުޅޭ އިތުރު ފޮޓޯތައް ބެއްލެވުމަށް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355