ޖަލާލުއްދީން ސްކޫލުގައި ކުރިކެޓް ބޯޅަ ތައާރަފްކޮށްފި އެވެ. މިއީ އަތޮޅުތެރޭ ސްކޫލެއްގައި ކުރިކެޓް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.
ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް މަހުދީ ޝާހިދު ވިދާޅުވީ ކުރިކެޓް ބޯޅަ ތައާރަފްކުރެވުނީ ކުރިކެޓަށް ޝައުގުވެރިވާ ކުދިންނަށް އެފުރުސަތު ހޯދައިދީ އާ ކުޅިވަރެއް ދަސްކޮށްދިނުމަށްކަމަށެވެ.
އަދި ސްކޫލުގައި ކުރިކެޓް ބޯޅަ އުވިނުގޮސް ކުރިއަށްދާ ކަމަށްވާ ނަމަ ގައުމީ ފެންވަރުގައި އާއި އިންޓަނޭޝަނަލް ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭނެކަމަށް މަހުދީ ވިދާޅުވި އެވެ.
ޖަލާލުއްދީން ސްކޫލުގައި ކުރިކެޓް ތައާރަފްކުރުމާ އެކު އަންހެން ޓީމަކާއި ފިރިހެން ޓީމެއް ވަނީ އުއްފަދާފަ އެވެ. މިއީ ރާއްޖޭގެ ސްކޫލެއްގައި ފުރަތަމަ ފަހަރަށް އަންހެން ކުރިކެޓް ޓީމެއް ތައާރަފްކުރި ފަހަރެވެ.