twitterviber whatsapp telegramfacebookyoutube instagram
19th May 2025

ހަނިމާދޫ އެއާޕޯޓުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

Mar 13, 2016

-ހދ ހަނިމާދުއިން އަބުދުލް ވާހިދު ހަސަން-

ހަނިމާދޫ އެއާޕޯޓުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިި ފުލުހުން  އެރަށުގައި ނައްތާލައިފި އެވެ

މިއަދު ހަނިމާދޫ ޕޮލިސް ސްޓޭޝަނުންގައި ނައްތާލައިފައިވަނީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ މިހާނަތަށް އަތުލައިގަނެފައި ހުރި ބަނގުރަލެވެ. އެކި ސައިޒްގެ 85 ފުޅި ބަނގުރާ ނައްތާލާފައިވެ އެވެ.

ފުލުހުން ބުނީ މިއަދު ނައްތާލެވުނު ބަނގުރާފުޅި ތަކަކީ ތަފާތު 55  އިންސިޑެންޓެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވައިވާ ބަނގުރާ ކަމަށެވެ.

ބަނގުރާފުޅިތައް ނައްތާލައިފައިވަނީ ކަމާ ބެހޭ މުވައްސަސާތަކުގެ ވެރިންނާ ނޫސްވެރިންގެ ހާޒިރުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355