ހދ. އަތޮޅު ކައުންސިލުގެ ޤުރުއާން ކިޔެވުމުގެ މުބާރާތުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވައިކަރަދޫ ކާމިޔާބުކޮށްފި އެވެ. މުޅި މުބާރާތުން އެންމެ މޮޅު ރަށްރަށަކަށް ވައިކަރަދޫ ހޮވުނުއިރު 2 ވަނަގައި އުޅެނީ މަކުނުދޫ އެވެ. އަދި 3 ވަނަ ލިބިފައިވަނީ ހަނިމާދޫއަށެވެ.
އެހެން އަހަރުތަކެކޭވެސް އެފަދައިން މިއަހަރުވެސް ޝަރަފްވެރި އެންމެ ގިނަ މަގާމުތަކެއް ހޯދީ ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާ އާއި މަކުނުދޫ ސްކޫލުގެ ދަރިވަރުންނެވެ.
މުޅި މުބާރާތުން އެންމެ މޮޅު ދަރިވަރުގެ މަގާމު ނުހޮވިނަމަވެސް 95 މާކްސް ލިބިގެން ހެޔޮއެދޭ ފަރާތެއް ދިން އުމުރާ ދަތުރު ލިބިފައިވަނީ ހދ އަތޮޅު މަދަރުސާގެ ފައިހާ އަބުދުﷲ އަޤީލަށެވެ. އޭނާ ވަނީ މުޅި މުބާރާތުގެ ނުބައިލާ ކިޔެވި ގޮފިން ވެސް އެއްވަނަ ހާސިލުކޮށްފަ އެވެ.
ނުބައި ކިޔެވި ގޮފިން ދެވަނަ ހޯދީ ވެސް ހދ އަތޮޅު މަދަރުސާގެ ދަރިވަރުން ފާތިމަތު ނިހާލް މުހައްމަދެވެ. 3 ވަނަ ހޯދީ ނޮޅިވަރަމް ސްކޫލުގެ ދަރިވަރު އާއިޝަތު ނުރާ އަލީ އެވެ