twitterviber whatsapp telegramfacebookyoutube instagram
7th November 2025

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކުޅުދުއްފުށީ މީހަކު 15 އަހަރަށް ޖަލަށް

Mar 17, 2016

ކުޑަ ފިރިހެން ކުއްޖަކާ ޖިންސީ ގޯނާކުރި ކުޅުދުއްފުށީ މީހަކު 15 އަހަރަށް ޖަލަށްލުމަށް ހދ. ކުޅުދުއްފުށީ ކޯޓުން ހުކުމް ކޮށްފި އެވެ.

ޖިންސީ ގޯނާ ކުރި ކަމުގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ  ކުޅުދުއްފުށީ އިރުޒުވާގެ އަހުމަދު އިބްރާހީމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ސްކޫލެއްގައި ކިޔެވި ކުއްޖަކަށް އެކި ފަހަރު މަތިން ޖިންސީ އަމަލު ހިންގި ކަން ޝަރީއަތަށް ސާބިތުވުމުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ ގްރޭޑް ދޭކުން ފެށިގެން، ގްރޭޑް ހަތަކާ ހަމައަށް އެ ކުއްޖާ ކިޔެވި ދުވަސްވަރުގަ އެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އަށް އަހްމަދު އިބްރާހީމް އިންކާރުކުރި ނަމަވެސް ޝަރީއަތަށް ހުށަހެޅިފައިވާ ހެކިތަކުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ކޯޓުން ކުރި ހުކުމްގައި ވެއެވެ.

އަހުމަދު އިބްރާހީމްގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355