twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ހޯރަފުއްޓާއި އިހަވަންދޫގައި ފުޓްސަލް ދަނޑު އެޅުމަށް ސިފައިންނާ ހަވާލުކޮށްފި

Mar 17, 2016

ހއ އިހަވަންދޫ އާއި އެއަތޮޅު ހޯރަފުށީގައި ފުޓްސަލް ދަނޑު އެޅުމަށް އެމްއެންޑީއެފާއި މިއަދު ހަވާލުކޮށްފި އެވެ.

ސްޕޯޓްސް އެރީނާގެ ޕްރޮޖެކްޓްގެ ދަށުން އަޅައި މިދަނޑުގެ މަސައްކަތް 2 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މިކަމުގެ އެގްރިމެންޓްްގައި ސޮއިކުރައްވާފައިވަނީ ޔޫތް މިނިސްޓްރީގެ ފަރާތުން އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތެވެ.

ވަކިވަކިން އެގްރިމެންޓް ކުރި މިދެ ދަނޑުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. މިރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރާއި ހޯރަފުށީގެ ދާއިރާގެ މަޖިލިސް މެމްބަރު ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355