twitterviber whatsapp telegramfacebookyoutube instagram
13th August 2026

59 ދަރިވަރުންނާ އެކު ރީޖަނަލް ކެޑޭޓް ކޭމްޕް ޖަލާލުއްދީން ސްކޫލުގައި ފަށައިފި

Mar 19, 2016

59 ދަރިވަރުންނާ އެކު ރީޖަނަލް ކެޑޭޓްގެ އުތުރުގެ ކޭމްޕް ޖަލާލުއްދީން ސްކޫލުގައި މިއަދު ފަށައިފި އެވެ.

މިކޭމްޕް ރަސްމީކޮށް ފައްޓަވައިދެއްވީ ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް މަހުދީ ޝާހިދެވެ.

މި ކޭމްޕްގައި ޖަލާލުއްދީން ސްކޫލުގެ 31 ކެޑޭޓަކާއި ހއ އަތޮޅު ތައުލީމީ މަރުކަޒުގެ 10 ކެޑޭޓަކާއި ށ ފުނަދޫ ސްކޫލުގެ 18 ކެޑޭޓުން ބައިވެރިވެ އެވެ. މީގެ ތެރެއިން 18 ކުދިންނަކި އަންހެން ކެޑޭޓުންނެވެ.

މޯލްޑިވްސް ކެޑޭޓް ކޯ އިން އަލަށް ފެށި ރީޖަނަލް ކެޑޭޓް ކޭމްޕު ތަކަކީ އެއްފަހަރާ ރާއްޖެ 3 ސަރަހައްދެގައި ކުރިއަށްގެންދާ ކޭމްޕްތަކެކެވެ.

ކުރިއަށް އޮތްތާ ރީޖަނަލް ކެޑޭޓް ކޭމްޕްތަކުގައި ބައިވެރި ނުވާ ކެޑޭޓުންނަކަށް ގައުމީ އަދި ބައިނަލް އަގްވާމީ ކެޑޭޓް ކޭމްޕްތަކުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

ހަބަރާ ގުޅޭ އިތުރު ފޮޓޯތައް ބެއްލެވުމަށް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355