twitterviber whatsapp telegramfacebookyoutube instagram
12th April 2026

ހައުންސިންގ މިނިސްޓްރީގެ ކޯޑިނޭޓަރަކަށް އާދަމް ނަސީރު ހަމަޖައްސައިފި

Mar 20, 2016

ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އާދަމް ނަސީރަށް ހައުންސިންގ މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމު ދެއްވައިފި އެވެ. އެމަގާމު ލިބިލެއްވުމުން އޭނާ ވަނީ ހދ އަތޮޅު ކައުންސިލުގައި ފުރުއްވަމުން ގެންދެވި ހަނިމާދޫ ދާއިރާގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން އާދަމް ނަސީރު ވިދާޅުވީ ހައުންސިންގ ގެ ކޯޑިނޭޓަރަކަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަނުކުރެއްވުމުން މިއަދު ވަޒީފާއަށް ނިކުންނަވަން ފަށާފައިވާ ކަމަށެވެ.

މި އަހަރު ތެރޭގައި ޕީޕީއެމްއަށް ގުޅިވަޑައިގެންނެވި އާދަމް ނަސީރު އިސްތިއުފާގެ ސިޓީ ހުށައަޅާފައި ވަނީ މިއަދުއެވެ.

އާދަމް ނަސީރަކީ ހދ.އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގައި ފުރަތަމަ ރައީސެވެ. އަދި ރައީސްކަމުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

މީގެ އިތުރުން ހދ.އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ މެމްބަރ އަބްދުލް މުހައިމިންވެސް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެތެރޭގައި މެމްބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.

އަބްދުލްމުހައިމިން އަދި ނަސީރުގެ އިސްތިއުފާއަށްފަހު 10 މެމްބަރުން ތިއްބަވާ ހދ.އަތޮޅު ކައުންސިލްގެ މެމްބަރުންގެ މިހާރުގެ އަދަދަކީ 8 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355