twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކުޅުދުއްފުށީގައި އަޅާ 2200 ފޫޓުގެ ބަނދަރަށް އޭޑީބީ އިން ހިލޭ އެހީ ދީފި

Mar 20, 2016

ހދ ކުޅުުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ 2200 ފޫޓުގެ ބަނދަރު މަޝްރޫއަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު އޭޑީބީގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ގައި ޝާއިއުކޮށްފައިވާގޮތުން ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއަކީ ހައުންސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ކުރިޔަށް ގެންދަވާ ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަންގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ ބަނދަރެއް ކަމަށެވެ. އަދި މި މަޝްރޫއަށް 13.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ވިދާޅުވެއެވެ.

މީގެ އިތުރުން މި މަޝްރޫއު މެނޭޖް ކުރުމަށް ކޮންސަލްޓަންޓް ފާމެއް ހޯދުމަށް މިނިސްޓްރީން މިހާރު ވަނީ އިއުލާން ކޮށްފައިއެވެ. އެގޮތުން ކޮންސަލްޓަންޓް ފާމުގެ މަސައްކަތަކުގެ ތެރޭގައި ޕްރޮޖެކްޓުގެ މަސައްކަތް މެނޭޖްކުރުމާއި ޕްރޮކިއުމެންޓް މަސައްކަތާއި ޑީޓެއިލް ޑިޒައިން ހެދުމާއި ކޮންޝްޓްރަކްޝަން މަސައްކަތްތައް މޮނީޓާރ ކުރުން ހިމެނޭނެއެވެ.

2010 ވަނަ އަހަރު ތެރޭގައި ކުޅުދުއްފުށީގައި ހިއްކި 28 ހެކްޓަރުގެ މި ބިން ތަރައްގީ ކުރުމަށް ސަރުކާރުން ނިންމި ފަހުން މިހާރު މިވަނީ 5 އަހަރުވެފައިއެވެ. އަދި ބިން ހިއްކި ފަހުން މިހާތަނަށް ބިން ހިމާޔަތް ކުރުމުގެ އެއްވެސް މަސައްކަތެއް ފެށިފައި ނުވާތީ ބިމުގެ ބޮޑުބައެއް ގިރާފައިވާކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355