twitterviber whatsapp telegramfacebookyoutube instagram
12th April 2026

ށ އަތޮޅު ގުރުއާން މުބާރާތުގެ އެއްވަނަ މިލަންދޫ ސްކޫލު ހޯދައިފި

Mar 21, 2016

ށ އަތޮޅު ގުރުއާން މުބާރާތުގެ އެއްވަނަ ސްކޫލަކަށް ށ.މިލަންދޫ ސްކޫލް ހޯދައިފިއެވެ.

12 ސްކޫލަކުން ބައިވެރިވި މި މުބާރާތުގައި ދެވަނަ ށ.އަތޮޅު ތައުލީމީ މަރުކަޒަށް ލިބުނު އިރު ތިންވަނަ ލިބިފައިވަނީ ށ.ފުނަދޫ ސްކޫލަށެވެ.

ޖުމްލަ 142 ދަރިވަރަކާއެކު ކަނޑިތީމް ސްކޫލް ހޯލުގައި ކުރިޔަށް ދިޔަ މި މުބާރާތުގައި ޖުލްމަ 8 އުމުރުފުރާ އަކުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން ވާދަކޮށްފައިވެއެވެ.

މިދިޔަ ހުކުރު ދުވަހުން މިއަދުގެ ނިޔަލަށް ކުރިޔަށް ދިޔަ މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ އަލްގާރީ އިބްރާހިމް ޝިފާއު އާއި އަލްގާރީ އަހުމަދު ހާޝިމް އަދި އަލްގާރީ މުހައްމަދު ވަހީދެވެ.

އަތޮޅު ކައުންސިލުން މައުލޫމާތު ދޭގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގަސަދަކީ ށ.އަތޮޅުގެ ދަރިވަރުންނަށް ކީރިތި ޤުރުއާން ތަޖުވީދުގެ ހަމަތަކުން އުނގެނުމާއި، އުނގަންނައިދިނުމުގަޔާއި، ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލުކަން ދެއްކުމުގައި ވާދަވެރި މާހައުލެއް އުފެއްދުމާއި، އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމަށް މަސައްކަތްކުރުމާއި، ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި އަތޮޅު ތަމްސީލުކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355