twitterviber whatsapp telegramfacebookyoutube instagram
13th August 2026

ކުރިނބި ރައްޔިތުން ނިކުމެ އެރަށު ބަނދަރު ސަރަހައްދު ސާފުކޮށްފި

Mar 22, 2016

ހދ ކުރިނބި ރައްޔިތުން ނިކުމެ އެރަށު ބަނދަރު ސަރަހައްދު ސާފުކޮށްފިއެވެ.

އިއްޔެ ހެނދުނު ކުރިއަށް ގެންދިޔަ މި މަސައްކަތް ފަށާފައި ވަނީ ހެނދުނު 7 ޖެހިއިރު އެވެ. އަދި ނަމާދު ވަގުތަށް ހުއްޓާލުމަށްފަހު މެންދުރުފަހު 2 ޖެހި އިރު އަލުން މަސައްކަތް ވަނީ ފަށާފަ އެވެ.

ކުރިނބީ ކައުންސިލްގެ ރައީސް އަހުމަދު މުޖުތަބާ ކުޅުދުއްފުށި އޮންލައިނަށް އިއްޔެ މައުލޫމާތު ދެމުން ވިދާޅުވީ މިއީ ރަށު ކައުންސިލުން އިސްނަގައިގެން ކުރިޔަށް ގެންދާ ކަމެއް ކަމަށާއި ބަނދަރު ސަރަހައްދުން ކުނި ނަގައި ސާފުކުރުމުގެ އިތުރުން ގައު ހޮވާ ފަސްގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާ ކަމަށެވެ.

މި މަސައްކަތުގައި ގާތް ގަނޑަކަށް 60 މީހުން އުޅޭ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

ކުރިނބީ ބަނދަރަކީ 150 ފޫޓު 300 ފޫޓުގެ ބޮޑު ބަނދަރެ ކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355