twitterviber whatsapp telegramfacebookyoutube instagram
7th November 2025

މަކިޓާ އިންޓަ އެޓޯލް އެތުލެޓިކްސް މިއަދު ކުޅުދުއްފުށީގައި ފަށައިފި

Mar 21, 2016

ރާއްޖޭގެ ސްކޫލް މަދަރުސާ ކޮލެޖް ތަކާއި އެސޯސިއޭޝަންގެ މެމްބަރ ކްލަބްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މަކިޓާ އިންޓަ އެޓޯލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މިއަދު ކުޅުދުއްފުށީގައި ފަށައިފި އެވެ.

މި އަހަރަުގެ މި މުބާރާތުގައި މިއަހަރު 14 ޓީމަކުން ބައިވެރިވެ އެވެ.

އެގޮތުން މުބާރާތުގައި 13 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާގައި ޖުމްލަ 66 އިވެންޓް ކުރިޔަށް ދާނެއެވެ.

މުބާރާތުގައި ވާދަކުރާ ކްލަބްތަކާއި ސްކޫލްތަކަކީ، ހދ. އަތޮޅު މަދަރުސާ، ހދ. ނޮޅިވަރަމް ސްކޫލް، ހދ. އަތޮޅު ތައުލީމީ މަރުކަޒު، ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް، ކޭ ވައި ސްޕޯޓްސް އެކަޑަމީ، އެމް އެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ، ތާޖުއްދީން ސްކޫލް، ދާންދޫ ސްކޫލް، ތިނަދޫ ޒުވާނުންގެ ކްލަބް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ފުވައްމުލަކު މަދުރަސަތުލް ޝައިޚް މުހައްމަދު ޖަމާލުއްދީން އަދި ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލެވެ.

މިމަހު 24އާ ހަމައަށް ކުރިއަށް ދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 7000ރުފިޔާ، ދެވަނަ ޓީމަށް 5000ރުފިޔާ އަދި ތިންވަނަ ޓީމަށް 3000ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355