twitterviber whatsapp telegramfacebookyoutube instagram
18th May 2025

ކުޅުދުއްފުށީ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކައިދޭނެ ފަރާތެއް ހޯދަނީ

Mar 22, 2016

ކުޅުދުއްފުށީ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކައިދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ. ކުޅުދުއްފުށީ އެއާޕޯޓާއެކު ށ ފުނަދޫގައި އަޅައި އެއާޕޯޓްގެ ބިން ހިއްކައިދޭނެ ފަރާތެއް ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.

ބިޑް ސެކިއުރިޓީއެއް ގޮތުގައި 287,000 ރުފިޔާ ބަހައްޓަން ޖެހޭއިރު ފުނަދޫ އެއާޕޯޓްގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 330,000/- ބަހައްޓަން ޖެހެ އެވެ.

ބީލަމުގައި ބައިވެރިވާން 1,500ރ. ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އެ ފައިސާ ބަލައިގަންނާނީ މިމަހު 21 އިން އަންނަ އެޕްރީލް މަހުގެ 19 އަށެވެ.

އަދި ބީލަން ހުށަހަޅާއިރު ޓެކްސް ކްލިއަރެންސް ރިޕޯޓް ހުށަހަޅަންޖެހޭއިރު ޕްރީބިޑް ބައްދަލުވުން އޮންނަނީ މިމަހު 31 ގައެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ސަރުކާރުން އެންމެ ފަހުން ނިންމާފައިވަނީ އުތުރުކޮޅު ކުޅި ހިއްކައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355