twitterviber whatsapp telegramfacebookyoutube instagram
18th May 2025

ތާޒާފެން ފުޅި ބަންދުކުރުމުގެ މަސައްކަތް ކުޅުދުއްފުށީގައި ފަށަނީ

Mar 23, 2016

ތާޒާފެން ފުޅީގައި ބަންދުކުރުމުގެ މަސައްކަތް ކުޅުދުއްފުށީގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ބުނެފި އެވެ.

ރޭ ޓީވީއެމް ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަަކަ ދައްކަވަމުން މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ އިބްރާހިމް ފަޒުލް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ އިސްނެގުމުގެ މަތިން ކުޅުދުއްފުށީގައި ފުޅި ބަންދުކުރުމުގެ ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ތައް ކުރިއަށްދާ ކަމަށެވެ.

” ތާޒާ ފެނަކީ އަޅުގަނޑުމެންގެ ޕުރޮޑަކްޓެއް. މިކަންްތައް ކުރަން ރާވާފައިމިވަނީ ހަމައެކަނި މާލެއަކުން ނޫން. ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ އިސްނެއްގެވުމުގެ މަތިން މިހާރު ކުޅުދުއްފުށީގައި ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ތައް އެބަ ކުރިއަށް ގެންދޭ ” ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ މިއަހަރުގެ ޑިސެމްބަރުމަހު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެންފުޅީގައި ބަންދުކުރުމުގެ ހިދުމަތް ކުޅުދުއްފުށީގައި ފެށޭނެ ކަމަށެވެ.

” އިރާދަކުރެއްވިއްޔާ ކުޅުދުއްފުއްޓަށް އަޅުގަނޑުމެން ލަފާ މިކުރަނީ މިއަހަރުގެ ޑިސެމްބަރުގެ ކުރިން ނޫނީ މިއަންނަ އަހަރުގެ ކުރިން ބޮޓަލިންގެ ހިދުމަތްތައް ފެށިގެން ދާނޭ ކުޅުދުއްފުށީގައި ” ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީގެ އިތުރުން ރ އަތޮޅު ދުވާފަރުގައި ވެސް ބޮޓަލިން ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355