twitterviber whatsapp telegramfacebookyoutube instagram
13th August 2026

ދިއްދޫ ހުރިހާ މަގެއްގެ ބައްތިތައް ލެޑް ލައިޓްއަށް ބަދަލުކޮށްފި

Mar 23, 2016

ހއ ދިއްދޫ ހުރިހާ މަގެއްގެ މގުބައްތި ލެޑް ލައިޓްއަށް ބަދަލުކޮށްފިއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިނާން ކުޅުދުއްފުށި އޮންލައިންނަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ދިއްދޫ ހުރިހާ މަގެއްގެ ބައްތިތައް ބަދަލުކޮށް ނިމިފައިވާ ކަމަށާއި މިއީ ރަށު ކައުންސިލުން ހިންގާ ހަކަތަޔަށް ކުރާ ހަރަދު ކުޑަކުރުމުގެ ޕްރޮގުރާމެއްގެ ދަށުން ކުރެވިގެން ދިޔަ ކަމެއް ކަމަށެވެ. އެގޮތުން 200 އެއްހާ ބައްތި ލެޑް ލައިޓަށް ބަދަލު ކުރެވިފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސިނާން ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހު 40 ވޯޓުގެ 4 ފޫޓޫގެ ހޮޅިބުރިތައް 16 ވޯޓުގެ ލެޑް ލައިޓަށް ބަދަލުކުރެވުނު އިރު މާރޗު މަހުގެ ތެރޭގައި 20 ވޯޓުގެ 2 ފޫޓުގެ ހޮޅިބުރިތައް 9 ވޯޓަށް ބަދަލުކުރިވިގެން ދިޔަކަމަށެވެ. އަދި މަގުތަކުގެ ބައްތިތަކަށް ގެނެވުނު ބަދަލާއެކު ކަރަންޓު އަރާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ޕްރޮގުރާމްގެ ދަށުން ދިއްދޫ ބަނދަރުގެ ބައްތިތައް ސޯލާއަށް ނުވަތަ ލެޑް ލައިޓައަށް ބަދަލުކުރުމުގެ ވިސްނުންވެސް ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ މަސައްކަތް އެންވަޔަރަމެންޓް މިނިސްޓްރީ އަދި ކައުންސިލުން ގުޅިގެން ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މިހާރު އެކަމަށް އެންވަޔަރަން މިނިސްޓްރީއަށް އެދިފައި ވާނެ ކަމަށް ވެސް ސިނާން ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355