މަކީޓާ 9 އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ ފިރިހެން ޗެމްޕިއަންކަން އެމްއެސް ހެލްޕިންގ ސްޕޯޓްސް އެކަޑަމީ އަދި އަންހެން ޗެމްޕިއަންކަން ޖަލާލުއްދީން ސްކޫލު ހޯދައިފި އެވެ.
މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު ޝަޒީން ޖިހާދު ހޯދިއިރު އެންމެ މޮޅު އަންހެން އެޗުލީޓުގެ މަގާމު ހޯދީ ކުލަބު އީޖަލްސްގެ އައިމިނަތު ޒާރާ އާތިފެވެ.
ފިރިހެން ކުދިންގެ ބައިން ރަނަރަޕް ޓީމަކަށް ހޮވުނީ މަދަރުޝަތުލް ޝޭހް މުހައްމަދު ޖަމާލުލްދީނެވެ. އަދި އަންހެން ކުދިންގެ ބައިން ރަނަރަޕް ޓީމަކަށް ލިބުނީ ތާޖުއްދީން ސްކޫލެވެ. އަދި މުޅި މުބާރާތުން ފިރިހެން ކުދިންގެ ބައި 3 ޏ. އަތޮޅު ތައުލީމީ މަރުކަޒު ހޯދިއިރު އެކެޓަގަރީގެ އަންހެން ތިންވަނަ ހޯދީ ހދ ނޮޅިވަރަމް ސްކޫލެވެ.
19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ޓީމް އެމް އެސް ހެލްޕިންގ ސްޕޯޓްސް އެކަޑަމީން ހޯދިއިރު އެކެޓަގަރީގެ އަންހެން ބައި ޗެމްޕިއަންކަން ހޯދީ ޖަލާލުއްދީން ސްކޫލެވެ.
މުބާރާތުގެ ވަކިވަކި އެތުލީޓުންނަށް ލިބުނު ކާމިޔާބީއަށް ބަލާލާއިރު 13 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓްގެ މަގާމު ލިބުނީ މަދަރުޝަތުލް ޝޭހް މުހައްމަދު ޖަމާލުއްދީންގެ މުހައްމަދު ޝިނާޒުއަށެވެ. 13 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެޗުލީޓްގެ މަގާމު ކާމިޔާބުކުރީ ތާޖުއްދީން ސްކޫލުގެ އައިޝަތު ޝަބާ ސައީދެވެ.
16 އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދީ ޏ އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު ޝަޒީން ޖިހާދެވެ. ހަމަ އެ އުމުރުފުރާއިން އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދީ ކުލަބު އީޖަލްސްގެ އައިޝަތު ޒާރާ އާތިފެވެ.
19 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެޗުލީޓްގެ ތިނަދޫ ޒުވާނުންގެ ސައިފުﷲ އަހުމަދު ހޯދިއިރު އެއުމުރުފުރާއިން އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ޖަލާލުއްދީން ސްކޫލުގެ ނަޝާ ނިޒާރެވެ.
13 އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ލިބިފައިވަނީ މަދަރުސަތުލް އަހުމަދު ޖަމާލުއްދީނަށެވެ. އެބައިން އަންހެން ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލެވެ.
16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ޏ އަތޮޅު ތައުލީމީ މަރުކަޒެވެ.އަދި 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ޖަލާލުއްދީން ސްކޫލެވެ.