ޕޮއްކާ ބުރޭންޑްގެ ޕަވަރ ގޯލްޑް އެނަރޖީ ޑްރިންކްގެ ހާއްސަ ޕްރޮމޯޝަނަލް އިވެންޓެއް ކުޅުދުއްފުށީގައި ކުރިއަށްގެންގޮސްފި އެވެ.
އިއްޔެ ހަވީރު ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ކުރިޔަށް ދިޔަ މި އިވެންޓުގައި ޕޮއްކާ ޕަވަރ ގޯލްޑް އެނަރޖީ ޑްރިންކް ރަހަ ބަލާލުމުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ މިލްކު ބެވަރެޖެސް ހިލޭ ދޫކޮށްފައިވެއެވެ. އަދި މި ޕްރޮމޯޝަންގެ ހާއްސަ ކޫޕަންވެސް މި އިވެންޓުގައި ދޫކޮށްފައިވެއެވެ.
ޕޮއްކާ ޕަވަރގޯލްޑް ޑްރިންކްގެ ޕްރޮމޯޝަނަލް އިވެންޓްގެ ތެރެއިން–ފޮޓޯ: ނާސިދު
އަދި ފުޓްސަލް އެރީނާގައި ރޭ ވަނީ ޕޮއްކާ ޕަވަރގޯލް ދަޅު ޕްރޮމޯޝަން ކުރުމުގެ ގޮތުން ރަހުމަތެރިކަމުގެ މެޗެއް ކުޅެފަ އެވެ. މެޗުގައި ވާދަކޮށްފައިވަނީ އެފްސީ ބޭލާ އާއި ބާނީ ޔުނައިޓެޑެވެ.
މި ޕްރޮމޯޝަނުގެ ލަކީޑްރޯގެ އެއްވަނަ އިނާމަކީ ފަންސާސް ހާސް ރުފިޔާ އަދި ދެވަނަ އިނާމަކީ ހަތަރު ދުވަހުގެ އެކޮމޮޑޭޝަންއާ އެކު ސްރީލަންކާއަށް ދެ ކޮޅު ޓިކެޓް، ތިން ވަނަ އިނާމަކީ ނަސީބުވެރި 20 ފަރާތަކަށް އެއް ހާސް ރުފިޔާގެ ވައުޗާއެކެވެ.
ޕޮއްކާ ޕަވަރގޯލްޑް ޑްރިންކްގެ ޕްރޮމޯޝަނަލް އިވެންޓްގެ ތެރެއިން
“ޓޯކެން އެއްކުރޭ” ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ޓޯކަން އަކުން ކޫޕަންއަކަށް، ކޫޕަންއަކުން ލައްކައަކަށް ދިޔުމުގެ ޕްރޮމޯޝަނެއް ވެސް ހިމެނެއެވެ. އެގޮތުން ކޮންމެ ޕޮއްކާ ދަޅަކާއި އެކު ޓޯކެންއެއް ލިބޭނެ ކަމަށާއި މި ޓޯކެން ކޫޕަންއަކަށް ބަދަލުކޮށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ޕޮއްކާ ޕަވަރގޯލްޑް ޑްރިންކްގެ ޕްރޮމޯޝަނަލް އިވެންޓްގެ ތެރެއިން
ޕޮއްކާ ޕަވާރގޯލްޑު ލަކީޑުރޯގެ ޓޯކަން އަށް ކޫޕަން އޭޕްރީލް މަހުން ފެށިގެން ކުޅުދުއްފުށި އާޕޮއިންޓް ފިހާރައިން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. އަދި މި ލަކީޑުރޯގެ ގުރުލުން އޮންނާނީ އެޕްރީލްމަހުގެ ފަހު ހަފްތާތެރޭގައި ކަމަށް އެފަރާތުން ބުނެއެވެ.