ޗާންދަނީ ޖަގަަހަ އަލުން ހުޅުވާ އެމްޑިޕީގެ ހަރަކާތްތައް އަލުން ކުޅުދުއްފުށީގައި ފަށައިފި އެވެ.
ޗާންދަނީ ޖަގަހަ ހުޅުވައިދެއްވީ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ.
ޖަގަހަ ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އިމްތިޒާމް ފަހުމީ ވިދާޅުވީ މިއަދު ކުޅުދުއްފުއްޓަށް އައުމުން އިވިގެންދިޔައީ ކުޅުދުއްފުށީގެ އެތަށް ޒުވާނުންނަކަށް ނާއިންސާފުން ހުކުމްކުރެވި އެތަށް ފައިސާއަކުން ޖޫރިމަނާ ކުރިވިގެންދިޔަ ވާހަކަ ކަމަށެވެ. އަދި މީގެ އެންމެ ހައިރާންވާން ޖެހޭ ކަމަކީ ކުޅުދުއްފުށީ ކޯޓްގައި ފަނޑިޔާރަކު އިންނަވަނިކޮށް، އެހުކުމްތައް ކުރެއްވުމަށް އެހެން ދިމާއަކުން އެހެން ފަނޑިޔާރަކު ކުޅުދުއްފުއްޓަށް ގެނެސް އެ ޒުވާނުންގެ މައްޗަށް ހުކުމް ކުރެއްވީމަކަމަށެވެ.
އެހުކުމްތައް ކުރި ފަނޑިޔާރު މުހައްމަދު ރާޢިބު އަހުމަދަށް އިޝާރަތްކުރައްވައި އިމްތިޔާޒު ވިދާޅުވީ ފަނޑިޔާރުންގެ ފެންވަރުމަތިކުރެއްވުމަށް ބޭއްވި އިމްތިހާނެއްގައި ކޮޕީކުރައްވައި އެކަމަށް އަމިއްލައަށް އިއުތިރާފްވެގެން ބަޔާން ދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި މުސްލިމުގެ އުއްމަތެއްގެ މައްޗަށް ހުކުމް އިއްވުމަށް ތިއްބަވައި ފަނޑިޔާރުންގެ އަހްލާގީ ފެންވަރުކަމަށެވެ. އެބޭފުޅުން ރައްޔިތުންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ކުރައްވަނީ ކިހެންކަމާ މެދު އިންތިޔާޒު ސުވާލު އުއްފެދެވި އެވެ.
އިމްތިޔާޒު ވިދާޅުވީ މިސަރުކާރުން މަޖިލީހަށް ވައްދާ ކޮންމެ ބިލަކާއެކު ވެސް ރައްޔިތުންގެ އެތަކެއް ހައްގުތަކެއް އުނިވެގެންދާކަމަށެވެ. އަބުރު ރައްކާތެރި ކުރުމުގެ އުސޫލުތައް ކަނޑައެޅުމޭ ކިޔައިގެން ސަރުކާރުންގެ ބޭނުމަކީ ވައްކަންކޮށްފައި އެވައްކަން ސިއްރުކުރުމުގެ ބޭނުންމުގައި ހުށަހަޅަ ބިލުތަކެއް ކަމަށާއި ހުދުމުހުތާރުވެރިންގެ އެންމެ ބޭނުންވާނީ މިނިވަން ނޫސްވެރިކަމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހުއްޓުވުކަމަށް އިމްތިޔާޒް ފަހުމީ ވިދާޅުވި އެވެ.
މިޖަލްސާގައި އެމްޑީޕީއަށް ސަޕޯޓްކުރާ ފަރާތަކާއި އެމްޑީޕީއަށް ނިސްބަތްވާ ބައެއް ކައުންސިލަރުން ބައިވެރިވެއްލެވި އެވެ.