8 ފެބްރުއަރީ 2012 ގައި ކުޅުުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ދެކުނު ފަރާތު އިރުމަތީ ގޭޓް ކައިރިއަށް ގޮސް އެތާގައި ތިބި ފުލުހުންނަށާއި ފުލުހުންގެ މަރުކަޒަށް އަމާޒުކޮށް ގައު، ފަންތޮށި އަދި ވެލިފަދަ ތަކެތި އުކި މައްސަލާގައި 8 މީހެއްގެ މައްޗަށް ކުށް ސާބިތު ވެފައިވާކަމަށް ނިންމާ ކޮންމެ މީހަކު ދިހަ ހާސް ރުފިޔާއަށް ޖޫރިމަނާ ކޮށްފި އެެވެ.
“ޤަޟިއްޔާ ނިމުމުގެ ހުލާސާ ރިޕޯޓް” ގައި ވާގޮތުން މި މައްސަލާގައި 12 ފަރާތެއްގެ މައްޗާށް ދައުވާ އުފުލާފައި ވީނަމަވެސް މި ޤަޟިއްޔާގެ ދަށުން ކުށް ސާބިތު ވެފައިވާ ކަމަށް ނިންމާ ޖޫރިމަނާ ކޮށްފައިވަނީ 8 ފަރާތެކެވެ.
ކުށް ސާބިތުވެފައިވާ ކަމަށް ނިންމާ ޖޫރިމަނާ ކޮށްފައިވާ 8 ފަރާތަކީ:
އަބްދުﷲ ޒުބައިރު / ހީވާޒް ހދ ކުޅުދުއްފުށި
އަހުމަދު މުހައްމަދު / ރިސްތާ ހދ ކުޅުދުއްފުށި
އަހުމަދު ހަސަން / ސުހާނީ ހދ ކުޅުދުއްފުށި
ހަސަން އަލީ / ކަސްތޫރިގެ ހދ ކުޅުދުއްފުށި
ޝަމްއޫން އިބްރާހިމް / އަޅިވިލާގެ ހދ ކުޅުދުއްފުށި
އަބްދުއްރަހުމާން ހާރޫން / ޕަސީނާ ހދ ކުޅުދުއްފުށީ
އަލީ އާދަމް / ޓޫ ފުލާވާރ ހދ ކުޅުދުއްފުށި
އަލީ މުހައްމަދު / މަލުތެރޭގެ ހދ ކުޅުދުއްފުށި
މި 8 ފަރާތްވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެހެންނަމަވެސް މި 8 ފަރާތުގެ މައްޗަށް ހެކިންގެ ހެކިބަހުން 8 ފެބްރުއަރީ 2012 ދުވަހު 21:20 ގައި ކުޅުދުއްފުށީ ޕޮލިސްޓޭޝަން ދެކުނުފަރާތު އިރުމަތި ގޭޓް ކައިރިއަށް ގޮސް އެތަނުގައި ތިބި ފުލުހުންނަށާއި ފުލުހުންގެ މަރުކަޒަށް އަމާޒުކޮށް ގައު، ފަންތޮށި އަދި ވެލިފަދަ ތަކެތި އުކާފައި ވާކަމަށް ޝަރީއަތަށް ސާބިތު ވެފައިވާ ކަމަށެވެ.
އަދި 24 މަރޗު 2016 އިން ފެށިގެން 7 ދުވަސްތެރޭގައި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ދިހަ ހާސް ރުފިޔާ ކުޅުދުއްފުށީ ކޯޓަށް ދައްކާ ހަލާސް ކުރުމަށްވެސް ހުކުމް ގައި ވެއެވެ.
މި ޤަޟިއްޔާގެ ދަށުން ހުކުމް ނީންވަ ދޫކޮށްލި 4 ފަރާތަކީ:
ހަސަން ނާޒިމް / ބަހާއު ހދ ކުޅުދުއްފުށި
އަހުމަދު އާދަމް / ކަރަންކާ ހދ ކުޅުދުއްފުށި
އިބްރާހިމް އަހުމަދު / ވަވަތި ހދ ކުޅުދުއްފުށި
އާދަމް މުހައްމަދު / މަލުތެރޭގެ ހދ ކުޅުދުއްފުށި
މި ރިޕޯޓްގައި ވާގޮތުގައި މި 12 ފަރާތަކީ ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަަކަށް ހަމަލާދޭން މަސައްކަތްކުރުމުގެ ކުށުގެ ދައުވާއެއްގައި ހިމެނޭ 12 ފަރާތް ކަމަށާއި މި މީހުންގެ މައްޗަށް ކުށް ސާބިތު ކުުރުމަށް ދައުލަތަށް ހެކިންގެ ގޮތުގައި 12 ފަރާތެއްގެ ހުށައެޅި އެވެ.
ހެކިންގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ 12 ފަރާތަކީ:
މުހައްމަދު ރިޒާ / މުލީގެ ހދ ކުޅުދުއްފުށި
ސިރާޖު އަލީ / މާވަހަރު ހދ ކުޅުދުއްފުށި
ހުސެއިން މޫސާ / އިތާ ހދ ކުޅުދުއްފުށި
އަބްދުﷲ ރަމީޒް / ލަކްސްލީން ގދ ގައްދޫ
އިބްރާހިމް އަހުމަދު / ފުޅަފި ހދ ކުޅުދުއްފުށި
އަބްދުއްރަހުމާން އާދަމް / ޝަބުނަމީގެ ހދ ކުޅުދުއްފުށި
އަހުމަދު ނަސީރު / އައިލެންޑް ވިލާ ހދ ކުޅުދުއްފުށި
ހަސްން އަހުމަދު / ކޮކޯގެއާގެ ހދ ކުޅުދުއްފުށި
އަލީ ހުސެއިން / ރޯޗަނީގެ ހދ ކުޅުދުއްފުށި
އިމްރާން އަހުމަދު / ސޯފިޔާ ހދ ކުޅުދުއްފުށި
އަލީ މުހައްމަދު / އިރުމާތީގެ ހދ ނައިވާދޫ
އިބްރާހިމް އަބްދުލްކަރީމް / ސެލްވިޔާ ހދ ކުޅުދުއްފުށި
މި ރިޕޯޓްގައި ހަސަން ނަޒިމް / ބަހާއު، އަހުމަދު އާދަމް / ކަރަންކާ، އިބްރާހިމް އަހުމަދު / ވަވަތި، އަދި އާދަމް މުހައްމަދު / މަލުތެރޭގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަކަށް ބުނެފައެއް ނުވެއެވެ.