twitterviber whatsapp telegramfacebookyoutube instagram
12th April 2026

ކުޅުދުއްފުށީގައި ތެލާއި ގޭހުގެ ވިޔަފާރިކުރަން 48 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި

Mar 28, 2016

ކުޅުދުއްފުށި އުތުރު ބަނދަރު ސަރަހައްދުން ތެލާއި ގޭހުގެ ވިޔަފާރިއަށް ބިން ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި 48 ފަރާތަކުން ޝައުގެވެރިކަން ފާޅުކޮށްފިއެވެ.

ކުޅުދުއްފުށި ކައުންސިލްގެ ނައިބު ރައީސް އައިމަން ވިދާޅުވީ ބީލަން ހުށައެޅުމުގެ މުއްދަތު އިއްޔެ ހަމަވެފައިވާއިރު 48 ފަރާތަކުން ބިޑް ހުށައަޅާފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި މާލޭގައި ބޮޑެތި ކުންފުނިތައްވެސް ހިމެނޭ ކަމަށް އައިމަން ވިދާޅުވި އެވެ.

އުތުރު ބަނދަރު ސަރަހައްދުން 2000 އަކަފޫޓްގެ 12 ބިން ދޫކުރުމަށް ނިންމާފައިވާއިރު ބިން ދޫކުމަށް ހަމަޖެހިފައިވަނީ އެންމެ މަތީ އަގެއް ހުށަހަޅަ 12 ފަރާތަކަށެވެ.

ކުޅުދުއްފުށި އުތުރު ބަނދަރު ސަރަހައްދުން ބިން ދޫކުރަން ހަމަޖެހިފައިވަނީ އެސްޓީއޯގެ ގޭސް ގުދަނާއި ދަތުރު ހިޔާއާ ދޭތެރޭއިނެވެ.

މިހާރު ކުޅުދުއްފުށީގައި ތެލުގެ ވިޔަފާރިކުރަނީ އެންމެ ފަރާތަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355