ޑަބްލިއުއެޗްއޯގެ ހިލޭ އެހީގެ ދަށުން ޕެރަމެޑިކް އެމްބިއުލާންސެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހަދިޔާކޮށްފި އެވެ.
ކުޅުުދުއްފުށީ ހޮސްޕިޓަލްގެ އިތުރުން އެމްބިއުލާންސްތައް ހަވާލުކޮށްފައި ވަނީ ށ. މިލަންދޫ ހެލްތު ސެންޓަރާ، ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް، ގދ. ފަރެސްމާތޮޑާ ހެލްތު ސެންޓަރު އަދި އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ.
ހަ ޕެރަމެޑިކް އެމްބިއުލާންސް ގެ އިތުރުން އަތޮޅު ތެރެއަށް ކޮންމެހެން ބޭނުންތެރި ބައެއް މެޑިކަލް އިކުއިޕްމަންޓުވެސް ވަނީ ޑަބްލިއުއެޗްއޯގެ ހަދިޔާ ކޮށްފަ އެވެ.
އޭގެ އިތުރުން ހެލްތު މިނިސްޓްރީއާ ހަވާލުކުރި މެޑިކަލް އިކުއިޕްމަންޓުތަކުގެ ތެރޭގައި އެމަޖެންސީ ހެލްތު ކިޓް، ވެކްސިން އުފުލާ ސާމާނު، ވެކްސިން ރައްކާ ކުރާ ސާމާނު، އަންހެނުން ކެންސަރަށް ސްކްރީން ކުރުމަށް ބޭނުންކުރާ ކޮލްޕޯސްކޯޕް އަދި ޖެނެސިސް ބްލަޑް ކަލެކްޝަން މޮނިޓަރު ވެސް ހިމެނެ އެވެ. އެތަކެތި އެކި ހޮސްޕިޓަލުތަކާ ހެލްތު ސެންޓަރުތަކަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.