twitterviber whatsapp telegramfacebookyoutube instagram
13th August 2026

ހދ އަތޮޅުގެ ރަށްރަށުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

Mar 28, 2016

ހއ. އަތޮޅާއި ހދ. އަދި ށ އަތޮޅުގައި ހިމެނޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕެނަލް ހަރުކޮށް ޢިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއުގެ ދަށުން ހދ އަތޮޅުގެ ރަށްތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް އަންނަ އެޕްރީލް މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފި އެެވެ.

“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ތިމާވެއްޓާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަހަމަދު އަލީ ވިދާޅުވީ އެންމެ އުތުރުގެ 3 އަތޮޅުގައި ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ ހދ އަތޮޅުގައި ކަމަށާއި އަމަލީ މަސައްކަތް އަންނަ މަހު ހދ އަތޮޅުގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ކުރަމުންގެންދަނީ އެމަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިއުލާންކުރުމުގެ ކުރިން ކުރަންޖެހޭ މަސައްކަތައް ކަމަށެވެ. ހއ އަތޮޅުގައި މިހާރުވެސް އެމިނިސްޓްރީގެ ދިރާސާ ޓީމް ހަރަކާތެރިވަމުންދާ ކަމަށާއި ހއ ގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިއަހަރުގެ މޭ ނުވަތު ޖޫން މަހު އިއުލާން ކުރެވޭނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިމަޝްރޫއުގެ ދަށުން ސޯލާ ޕެނަލް ހަރުކުރެވިގެންދާނީ ދައުލަތުގެ ބައެއް މުވައްސަސާތަކުގެ ފުރާޅުކަމަށެވެ. އަދި މިމަސްރޫއާއެކު ކޭބަލާއި ޖެނެރޭޓަރުތައް އަޕްގުރޭޑް ކުރެވިގެންދާނެ ކަމަށް އަހުމަދު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355