twitterviber whatsapp telegramfacebookyoutube instagram
15th February 2026

82 ޕެސެންޖަރުންނާއެކު މިސްރުގެ ފްލައިޓެއް ހައިޖެކްކޮށްފި

Mar 29, 2016

މިސްރުގެ އިޖިޕްޓް އެއާގެ ފްލައިޓެއް ހައިޖެކްކޮށްފިއެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި މިސްރުގެ އިޖިޕްޓް އެއާގެ ފްލައިޓް 181 ހައިޖެކްކޮށްފައި ވަނީ 82 ޕެސެންޖަރުންނާއެކު އެލެގްޒެންޑްރިއާ އިން ކެއިރޯއަށް ދަތުރުކުރަމުންދަނިކޮށެވެ.

ފްލައިޓް 181 ހައިޖެކްކޮށްފައިވަނީ ގޮވާތަކެތި ހަރުކޮށްފައި ހުރި ކަމަރެއް އަޅައިގެން ހުރި މީހެއް ކަމަށާއި އެ ފްލައިޓުގައި ދަތުރު ކުރި 50 މީހުންނަކީ މިސްރުގެ ރައްޔިތުން ކަމަށް މައުލޭމާތު ލިބެއެވެ.

އަށްޑިހަ ދެ ފަސިންޖަރުންނާ އެކު ދަތުރުކުރި މިސްރުގެ ބޯއިން 737-800 ގެ މަތިންދާ ބޯޓު ސައިޕްރަސްގައި ޖެއްސުމަށް، ހައިޖެކް ކުރި މީހުން އެދިފައިވާ ކަމަށް އެއާލައިންގެ އޮފިޝަލަކު ވިދާޅުވި އެވެ. އަދި ބޯޓު މިހާރު ވަނީ ސައިޕްރަސްގެ ދެކުނުގައި އޮންނަ ލަނާކާ އެއާޕޯޓަަށް ޖައްސައިފަ އެވެ.

ފުލައިޓުގައި ތިބި މިސްރަށް ނިސްބަތް ނުވާ ހަތަރު މީހުންނާއި ފަޅުވެރިން ފިޔަވައި އެހެން ހުރިހާ މީހުން ދޫކޮށްލުމަށް ހައިޖެކަރުން ހުއްދަ ދީފި ކަމަށް އިޖިޕްޓް އެއަރ އިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

Negotiations with the Hijacker result in the release of all the passengers, except the crew and four foreigners.

— EGYPTAIR (@EGYPTAIR) March 29, 2016

އިޖިޕްޓް އެއާ އިން ކުރި ޓުވީޓް

ބޭލުމަށް ހުއްދަ ލިބުނު ހުރިހާ ޕެސެންޖަރުން ފަލްއިޓުން ބާލައިފި ކަމަށާއި މިހާރު ފްލައިޓުގައި ތިބީ ބިދޭސީ ހަތަރު ޕެސެންޖަރުންނާއި ފަޅުވެރިން ކަމަށް ކެއިރޯގެ އެއާޕޯޓާއި ހަވާލާދީ ހަބަރުތައް ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355