twitterviber whatsapp telegramfacebookyoutube instagram
12th April 2026

2011 ވަނަ އަހަރު ކުރި މުޒާހަރާއެއްގެ ތެރެއިން ކައުންސިލު އިދާރާގެ ތަކެއްޗަށް ގެއްލުންދިކަމުގެ ދައުވާ 2 މީހެއްގެ މައްޗަށް އުފުލައިފި

Mar 29, 2016

ކުޅުދުއްފުށީގެ ފަޅުތެރެއިން ހިއްކާފައިވާ ބިމުން، ބިން ވިއްކަން އޭރު އެތަން ތަރައްގީ ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ކުޅުދުއްފުށީ ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމުމާއި ގުޅިގެން އެކަމާ ދެކޮޅަށް އަޑު އުފުލުމަށްޓަކައި ރައްޔިތުންގެ ބަޔަކު ކައުންސިލް އިދާރާ ސަރަހައްދުގައި އޭރު ކުރި މުޒާހަރާއެއްގައި ބައެއް ތަކެއްޗަށް ގެއްލުން ދިން މައްސަލައިގެ 2 މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

މިމައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ކުޅުދުއްފުށީ، ފުޅަފި އިބުރާހިމް އަހުމަދާއި ކުޅުދުއްފުށީ ގޯލްޑަންނައިޓް ހަސަން އިބުރާހިމްގެ މައްޗަށެވެ. މިދެމީހުންގެ މައްޗަށް އުފުލާފައިވަނީ ޢައިރުގާނޫނީ އެއްވުމެއްގައި ދައުލަތުގެ މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގެ އަޑުހެމެއް ބާއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގަ އެވެ.

2011 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ކުރިއަށްގެންދިޔަ މިމުޒާހަރާގައި ކައުންސިލު އިދާރާގެ އުތުރު ފަރާތު ހުރި ގޭޓެއް ހަލާކު ކޮށްލައިފައިވާއިރު އެތަނުގެ ބައެއް ލައިޓްތައް ވެސް ވަނީ އެމުޒާހަރާގައި ތަޅާލައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355