twitterviber whatsapp telegramfacebookyoutube instagram
13th August 2026

މާރަންދޫއިން ދަންޖެހުނު ކަމަށް ބުނެ ގެނައި މީހާ ހެދީ މަކަރު

Mar 30, 2016

ހއ.މާރަންދޫ ގައި އިއްޔެ އަމިއްލަ އަށް މަރުވާން ވެގެން ދަން ޖެހުނު ފިރިހެން މީހާ ހާލު ސީރިއަސް ނޫން ކަމަށާއި ދަންޖެހުނު ކަމަށް ބުނެ އޭނާ ހެދީ މަކަރު ކަމަށް މި ނޫހަށް އެނގިއްޖެ އެވެ

އިތުބާރު ހުރި ފަރާތަކުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ބުނީ އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އަދި ބެލުމަށް ފަހު އޭނާ ރޭގައި ދޫކޮށްލާފައިވާ ކަމަށެވެ.

މިކަން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުް ގެ އޮފިޝަލަކުވެސް މި ނޫހަށް ކަށަވަރުކޮށްދީފަ އެެވެ

އޭނާ ވިދާޅުވީ ދަންޖެހެން އުޅުނު މީހާ ސޯސަލް މީޑިއާއަށް ދަންޖެހޭގޮތް ދެއްކުމަށް ފޮޓޯ އެއް ލައިފައިވާ ކަމަށާއި އޭނާ އެގޮތަށް ކަންތައް ކޮށްފައިވަނީ އާއިލީ މައްސަލަ ގަނޑެއް ތެރޭގައި ކަމަށެވެ .

މާރަންދޫ ކައުންސިލުގެ ރައީސް އަބްދުރަހުމާން ހަސަން މި ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ ދަންޖެހިގެން އުޅޭ ހަބަރު ލިބިފައިވަނީ އިއްޔެ ހަވީ 5:45 ހާއިރު ކަމަށާއި ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރު ފަރުވާއަށް އޭނާ ފޮނުވާލީ ރޭ ގާތްގަނޑަކަށް 8 ޖަހާއިރު ކަމަށެވެ. އަދި އެވަގުތު ޕޮލިހުންވެސް އެކަމުގައި ހަރަކާތްތެރި ވަމުން ދިޔަކަމަށް ވެސް އަބުދުއްރަހުމާން ވިދާޅުވި އެވެ.

މި މައްސަލާގައި ފުލުހުން ވިދާޅުވީ މި ހާދިސާގެ އެއްވެސް ތަފްސީލެއް “އެއްވެސް މީޑިއަކަށް” ހިއްސާ ނުކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355