twitterviber whatsapp telegramfacebookyoutube instagram
2nd June 2026

6 ވަނަ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް އިއުލާން ކޮށްފި

Mar 30, 2016

ކުޅުދުއްފުށީގެ އޮފީސް އަދި ކުންފުނިތަކުގެ މެދުގައި ކުޅެވޭ އެންމެ ވާދަވެރި މުބާރާތް ކަމުގައިވާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް އިއުލާން ކޮށްފި އެވެ.

ޒިގްޒެގްގެ އޮފިޝަލެއް ކަމުގައިވާ މުހައްމަދު އަލީ (ރެޑޭ) ހާމަކުރިގޮތުގައި މި އަހަރުގެ މުބާރާތް މޭ މަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނީ އޭޕްރިލް މަހުގެ ތެރޭގައި ކަމަށެވެ.

2009 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި ވޭތުވެދިޔަ އަހަރު ޖުމްލަ 17 ޓީމަކުން ބައިވެރިވެފައިވާއިރު ވޭތުވެދިޔަ އަހަރު ސަރުކާރު ހިއްސާނުވާ އަމިއްލަ ކުންފުނިތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ދީފައިވެ އެވެ.

ވޭތުވެދިޔަ 3 އަހަރުވެސް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން އިންނެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355