twitterviber whatsapp telegramfacebookyoutube instagram
18th June 2025
ADVERTISEMENT

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ގޮއިދޫ މީހަކު 33 އަހަރަށް ޖަލަށް

Mar 30, 2016

އެކި ފަހަރު މަތި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ށ. ގޮއިދޫ މީހަކު 33 އަހަރަށް ޖަލަށްލުމަށް ކުޅުދުއްފުށީ ކޯޓުން ހުކުމްކޮށްފި އެވެ.

33 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ގޮއިދޫ، މަލާޒް އަލީ ޒާހިރު (39) މައްޗަށެވެ.

މިމައްސަލައިގައި 2 ގަޟިއްޒާގެ ދަށުން އޭނާއާ ދެކޮޅަށް ދައުވާކޮށްފައިވެ އެވެ. އެއީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އާއި ކުޑަކުއްޖެގެ ހާޒިރުގައި ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އެވެ.

ޒިންމާދާރުމަގާމެއްގައި ހުރެ ކުޑަކުއްޖަކާއި ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ ސާބިތުވުމުން އޭނާ މައްޗަށް އިއްވީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ ގޯނާކުރިކަމުގެ ދައުވާގައި އަލީ ޒާހިރު މައްޗަށް އިއްވީ 18 އަހަރުގެ ޖަލު ހުކުމެކެވެ. ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެކެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި އަލީ ޒާހިރު ޖިންސީ ގޯނާކޮށްފައިވަނީ 7 އަހަރުގެ ކުޑަ އަންހެން ކުއްޖާއެކު 6 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ހާޒިރުގަ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com