twitterviber whatsapp telegramfacebookyoutube instagram
7th November 2025

ނޭކުރަންދޫގައި ބަކަރި ގެންގުޅުމުގެ ޕްރޮގުރާމް އިފްތިތާހްކޮށްފި

Mar 30, 2016

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހިންގާ ކުކުޅާއި ކުދި ޖަނަވާރު ގެންގުޅުމުގެ ޕްރޮގްރާމްގެ ދަށުން ހދ.ނޭކުރެންދޫގައި ހެދި ބަކަރި ކޮށި ހުޅުވައި، އެޕްރޮގުރާމް އެރަށުގައި އިފްތިތާހްކޮށްފި އެވެ.

އެކަމަށްޓަކާ ނޭކުރަންދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެކަން އިފްތިތާހްކޮށްދެއްވީ އެންވަރމެންޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކިއުޓް ހޫރުއްސީދު ތައުފީޤެވެ.

ނޭކުރަންދޫގައި ހުޅުވި މިކޮށިގައި މިވަގުތު އޮތީ 10 ބަކައްޓާއި 1 ގިތެލެވެ.

މިބަކަރި ކޮށި ބަލަހައްޓަނީ އައުޓްސޯސްކޮށްގެން ބަޔަކާ 5 އަހަރު ދުވަހަށް ހަވާލުކޮށްގެންނެވެ. ބަކަރި ކޮށި ހުޅުވުމުގެ ކުރިން ބަކަރި ގެންގުޅުމުގެ ޓްރޭނިންގ ޕްރޮގުރާމެއް ވަނީ އެރަށުގައި ކުރިއަށް ގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355