ށ ފުނަދޫ ބަނދަރު ސަރަހައްދުން ވިޔަފާރި އުސޫލުން 2 ބިން ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިިފި އެވެ.
ފުނަދޫ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 އޭޕްރިލް ވާ ބުރާސްފަތި ދުވަހު ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށް ފަހު 21 އޭޕްރިލް ވާ ބުރާސްފަތި ދުވަހު މެންދުުރު 11:30 ގެ ކުރިން ބިޑް ހުށައެޅުމަށެވެ.
މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަންނާނެ ކަމަށް އެ އިއުލާނުގައި ވެެއެވެ.
އޭގެ އިތުުރުން އެރަށު ބަނދަރުގެ 2 ސަރަހައްދެއްގައި ހޮޓާ/ ރެސްޓޯރެންޓް އެޅުމަށް ބިޑް އުސޫލުން 2 ބިން ދޫކުރުމަށް ވެސް ވަނީ އިއުލާން ކޮށްފަ އެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން 14 އޭޕްރިލް ވާ ބުރާސްފަތި ދުވަހު ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށް ފަހު 21 އޭޕްރިލް ވާ ބުރާސްފަތި ދުވަހު މެންދުުރު 11:30 ގެ ކުރިން ބިޑް ހުށައެޅުމަށް މި އިއުލާނުގައި ވެއެވެ.
އިތުުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ފުނަދޫ ކައުންސިލްގެ ނަންބަރު 6540052 ގުޅުމަށް އެކައުންސިލުން އެދެ އެވެ.