twitterviber whatsapp telegramfacebookyoutube instagram
13th August 2026

ގުރުއާން މުބާރާތުގެ ބައިވެރިންނަށް ނެއްލައިދޫ އިން ހޫނު މަރުހަބާއެއް

Mar 31, 2016

ހދ އަތޮޅު ގުރުއާން މުބާރާތުގެ ބައިވެރިން މިއަދު ނެއްލައިދޫއަށް އައުމުން އެރަށުން ހޫނު މަރުހާބާއެއް ކިޔައިފި އެވެ.

މިއަހަރުގެ ގުރުއާން މުބާރާތް ބާއްވަނީ ނެއްލައިދޫގަ އެވެ. މުބާރާތުގައި ބައިވެރިވާ އެހެން ރަށްރަށުގެ ދަރިވަރުންނާއި އޮފިޝަލް އަދި ބެލެނިވެރިން އައުމުން ނެއްލައިދޫގެ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ކޮންމެ ބައިވެރިޔަކަށް ވެސް ފިނި ބުއިމެއްގެ ގޮތުގައި ކުރުނބާ އަރުވާފަވެ އެވެ. ބައިވެރިންނަށް މަރުހަބާ ކިޔުމަށް ސްކޫލުގެ ދަރިވަރުންނާއި ކައުންސިލަރުން އަދި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު މައްޗަށް ނިކުމެފަ އެވެ.

މިމުބާރާތްތައް ނެއްލައިދޫގެ ބަނދަރު ވަނީ ވަރަށް ޒީނަތްތެރިކޮށްފަ އެވެ.

މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި 12 ރަށަކުން 14 ސްކޫލެއް ބައިވެރިވެ އެވެ.

އިތުރު ފޮޓޯތައް ބެއްލެވުމަށް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355