twitterviber whatsapp telegramfacebookyoutube instagram
18th May 2024

ބީއެމްއެލްއިން ކުޅުދުއްފުއްޓާއި ހަނިމާދޫގައި ސެލްފްސަރވިސް ބޭންކިންގ ތައާރަފް ކޮށްފި

Mar 31, 2016

ބޭންކް އޮފް މޯލްޑިވްސް އިން ހދ. ކުޅުދުއްފުއްޓާއި ހަނިމާދޫގައި ސެލްފްސަރވިސް ބޭންކިންގ އޭޓީއެމް ބަހައްޓައި ޚިދުމަތްދޭން ފަށައިފި އެވެ.

ބީއެމްއެލް އިން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރިއަށްގެންދާ 300 މިލިޔަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މިއަދު ރާއްޖޭގެ އުތުރުގައިވާ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ ކުޅުދުއްފުއްޓާއި ހދ އަތޮޅުގައި އެއާޕޯޓް އޮންނަ ހަނިމާދޫގައި މިހިދުމަތް ތައާރަފް ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީއެވެ.

މިއަދު ކުޅުދުއްފުށީގައި ހުޅުވި ސެލްފްސަރވިސް އޭޓީއެމް– ފޮޓޯ: ބަދީއު

ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި އެންމެ ޒަމާނީ ފެންވަރުގެ މި އޭޓީއެމްތަކުގެ ޚިދުމަތް 24 ގަޑިއިރު ދޭންފެށުމުން މި ދެރަށުގެ ރައްޔިތުންގެ އިތުރުން މި ދެ ރަށަށް ޒިޔާރަތްކުރާ އެހެން ރަށްރަށުގެ އެތައް ސަތޭކަ ރައްޔިތުންނަށްވެސް ލުއި ފަސޭހަގޮތެއްގައި ބޭންކިންގެ ޚިދުމަތް ލިބިގެންދާނެ އެވެ. މިގޮތުން ފައިސާ ނެގުމާއި ޖަމާކުރުމާއި އަދި ފައިސާ ޓްރާންސްފަރ ކުރުމުގެ އިތުރުން ބިލްތަކަށް ފައިސާ ދެއްކޭނެއެވެ.

ހަނިމާދޫގައި ސެލްފް ސާރވިސް ބޭންކިންގެ ޚިދުމަތް ފައްޓަވައިދެއްވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ “އަޅުގަނޑުމެންގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ ސެލްފް ސާރވިސް ބޭންކިންގެ ޚިދުމަތާއެކު ހަނިމާދޫއާއި ކުޅުދުއްފުށީގައި އަމިއްލަ އަދި ވިޔަފާރިތަކުގެ އިތުރުން މި ރަށްރަށް ޒިޔާރަތްކުރާ އެތައް ސަތޭކަ ބަޔަކަށް ބޭންކުގެ ޚިދުމަތް ހޯދުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ.”

ދާދި ފަހުން ބޭންކުންވަނީ ކ. މާފުއްޓާއި ވ. ފެލިދޫގައި ބްރާންޗް ގާއިމުކޮށް ސެލްފްސަރވިސް ބޭންކިންގ ޚިދުމަތް ދޭން ފަށާފައެވެ.

މުޅި ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މިވަގުތު އަންނަނީ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމެއް ހިންގަމުންނެވެ. 29 ބްރާންޗް، 76 އޭޓީއެމް، 3200 ޕީއީއޯއެސް މަރޗަންޓުން، 177 ކޭޝް އޭޖެންޓުން، 14 ސެލްފްސަރވިސް ބޭންކިން ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓް އެކުލެވޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލް އަކީ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކަކަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު މުޅި ރާއްޖެ އަށް ބޭންކިންގ ޚިދުމަތްފޯރުކޮށްދޭ ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355