twitterviber whatsapp telegramfacebookyoutube instagram
13th August 2026

148 ދަރިވަރުންނާ އެކު ހދ އަތޮޅު ޤުރުއާން މުބާރާތް ނެއްލައިދޫގައި ފަށައިފި

Mar 31, 2016

ހދ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ޤުރުއާން މުބާރާތް މިއަދު ހަވީރު ނެއްލައިދޫގައި ފަށައިފި އެވެ.

ހދ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތުގައި އަތޮޅުގެ 12  ރަށެއްގެ 14 ސްކޫލަކާއި 1 ގުރުއާން ކުލާހަކުން ޖުމްލަ 148 ދަރިވަރުން ވާދަކުރެ އެވެ.

މިމަހުގެ 31 އިން 3 އަށް ކުރިއަށްދާ މިމުބާރާތުގައި ބަލައިގެން ކިޔަވާ ގޮފިން 95 ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވާ އިރު ނުބަލާ ކިޔަވާ ގޮފިން 53 ދަރިވަރަކު ކިޔެވުމަށް ހަމަޖެހިފަވާ ކަމަށް އަތޮޅު ކައުންސިލުން ހާމަކުރެ އެވެ.

ހދ.ނެއްލައިދޫ ސްކޫލުގެ ހޯލްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ބައިވެރިނުވަނީ ހަމަ އެކަނި ފިނޭ އެކަންޏެވެ.

މިމުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ މުބާރާތެއް ނަމަވެސް މިފަހަރު ޤުރުއާނާ ބެހޭ މަރުކަޒު ގެނައި ކުއްލި ބަދަލާއެކު އެކަން ވަނީ ބަދަލުވެފައި އެވެ.

. އެކަމަކު މިއަހަރުގެ މިމުބާރާތުން ވެސް އެންމެ ގަދަ 15 ދަރިވަރުން ވަނީ ހޮވާ ގޮތަށް ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355