twitterviber whatsapp telegramfacebookyoutube instagram
18th May 2024

ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗު ޒަމާނީ ފެންވަރުގެ ތަނަކަށް ވަރަށް އަވަހަށް ބަދަލު ކުރެވޭނެ: ސީއީއޯ

Mar 31, 2016

ބޭންކް އޮފް މޯލްޑިވްސް ކުޅުދުއްފުށީ ބްރާންޗު ޒަމާނީ ފެންވަރުގެ ތަނަކަށް ބަދަލުކޮށް އައު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.

މިއަދު ކުޅުދުއްފުށީގައި ބީއެމްއެލްގެ ސެލްފްސަރވިސް ބޭންކިންގ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު  “ކުޅުދުއްފުށި އޮންލައިނަށް” ދެއްވި އިންޓަވިއުއެއްގައި އެންްޑްރޫ ވިދާޅުވީ ކުޅުދުއްފުށީގައި މިއަދު ގާއިމް ކުރެވުނު ހިދުމަތަކީ މުޅި ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އެ ކުންފުނިން ކުރިޔަށްގެންދާ ހާއްސަ އިންވެސްޓްމެންޓް ޕްރޮގްރާމެއްގެ ދަށުން ގާއިމް ކުރެވުނު ޚިދުމަތެއް ކަމަށެވެ. އަދި މި އިންވެސްޓްމެންޓްތަކުގެ ތެރެއިން ކުޅުދުއްފުށީ ބްރާންޗު އައު ކޮށް ބްރާންޗްގައި ސެލްފް ސާވިސް ސެންޓަރެއްވެސް ގާއިމް ކުރަން ހަމަޖެހިފައިވާ ކަމަށް އެންޑްރޫ މައުލޫމާތު ދެއްވި އެވެ.

“މި ގާއިމް ކުރެވުނު ޙިދުމަތަކީ ބީއެމްއެލްގެ އިވެސްޓްމެންޓް ޕްލޭނެއްގެ ދަށުން ކުރިޔަށްދާ ކަމެއް، އަދި ކުޅުދުއްފުށީގައި ސެލްފް ސާވިސް ސެންޓަރެއް ގާއިމު ކުރުމުގެ އިތުރުން މި ޕްލޭންގެ ފަހު ކަމަކަށް ކުޅުދުއްފުށީ ބްރާންޗު ރީލޮކޭޓްކޮށް އައު ކުރެވިގެންދާނެ” އެންޑްރޫ ވިދާޅުވިއެވެ.

ބީއެމްއެލްއިން މުޅި ރާއްޖޭގައި މިހާރު ހިންގަމުންދާ އިންވެސްޓްމެންޓް ޕްރޮގްރާމަށް 300 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި ޕްލޭންގެ ދަށުން މިހާރު ކުޅުދުއްފުށީގައި އައު ބްރާންޗު އެޅުމަށް ސައިޓެއް ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެންޑުރޫ ވިދާޅުވި އެވެ. އަދި އައު ބްރާންޗުގައި ފޯރުކޮށްދެވޭނެ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް އެންޑްރޫ ފާހަގަ ކުރެއްވިއެވެ.

އެންޑްރޫ ހީލި މިއަދު ކުޅުދުއްފުށި އޮންލައިނަށް އިންޓަވިއުދެއްވަނީ

ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް މިއަދު ހަނިމާދޫގައިވެސް ފަށާފައިވާއިރު މިފަދަ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ސެލްފް ސާރވިސް ބޭންކިންގެ ޚިދުމަތާއެކު ކުޅުދުއްފުށި އަދި ހަނިމާދޫގައިވެސް އަމިއްލަ އަދި ވިޔަފާރިތަކުގެ އިތުރުން މި ރަށްރަށަށް ޒިޔާރަތްކުރާ އެތައް ސަތޭކަ ބަޔަކަށް ބޭންކުގެ ޚިދުމަތް ހޯދުމަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެންޑްރޫ ހީލީ ވިދާޅުވިއެވެ.

ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި އެންމެ ޒަމާނީ ފެންވަރުގެ މި އޭޓީއެމްތަކުގެ ޚިދުމަތް 24 ގަޑިއިރު ދޭންފެށުމުން މި ދެރަށުގެ ރައްޔިތުންގެ އިތުރުން މި ދެ ރަށަށް ޒިޔާރަތްކުރާ އެހެން ރަށްރަށުގެ އެތައް ސަތޭކަ ރައްޔިތުންނަށްވެސް ލުއި ފަސޭހަގޮތެއްގައި ބޭންކިންގެ ޚިދުމަތް ލިބިގެންދާނެ އެވެ. މިގޮތުން ފައިސާ ނެގުމާއި ޖަމާކުރުމާއި އަދި ފައިސާ ޓްރާންސްފަރ ކުރުމުގެ އިތުރުން ބިލްތަކަށް ފައިސާ ދެއްކޭނެއެވެ.

ދާދި ފަހުން ބޭންކުންވަނީ ކ. މާފުއްޓާއި ވ. ފެލިދޫގައި ބްރާންޗް ގާއިމުކޮށް ސެލްފްސަރވިސް ބޭންކިންގ ޚިދުމަތް ދޭން ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355