twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކައުންސިލުތަކުން ބާއްވާ މުބާރާތަކަށް ބޮޑެތި މުވައްސަސާތަކުން އެއްބާރުލުމެއް ނުދޭ

Mar 31, 2016

އަތޮޅު ފެންވަރުގައި ކައުންސިލުންތަކުން ބާއްވާ މުބާރާތްތަކަށް އެއްބާރުލުން ދޭން ޖެހޭ ސަރުކާރުގެ މަތީ ފަންތީގެ މުވައްސަސާތަކުން އެއްބާރުލުން ނުދޭ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ހދ އަތޮޅު ކައުންސިލުގެ ރައީސް އަލްއުސްތާޒް އަހުމަދު އިބުރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު އަތޮޅުގެ ރައީސް މިހެން ވިދާޅުވީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ޤުރުއާން މުބާރާތް އިފްތިތާހްކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އަހުމަދު ވިދާޅުވީ އަތޮޅު ފެންވަރުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި މުބާރާތްތަކީ އަތޮޅު ޤުރުއާން މުބާރާތް ކަމުގައި ވިޔަސް ހިތާމައަކީ ކައުންސިލުތަކުން ބޮޑެތި ޙަރަދުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކަށް އެއްބާރުލުން ދޭން ޖެހޭ ސަރުކާރުގެ މަތީ ފެންވަރުގެ މުވައްސަސާތަކުން އެއްބާރުލުން ނުލިބޭތީ ކަމަށެވެ.

“އެހެން ނަމަވެސް ހިތާމައަކީ މިފަދަ މުބާރާތްތައް ކައުންސިލުތަކުން އިންތިޒާމުކޮށް ކުރިއަށްގެންދާއިރު ، ކައުންސިލުތަކަށް އެއްބާރުލުން ދޭން ޖެހޭ( ސަރުކާރުގެ) މަތީ ފަންތީގެ މުވައްސަސާތަކުން އަޅުގަނޑުމެންނަށް ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދެމުން ނުދާކަން. ހިތާމައާ އެކު ފާހަގަކޮށްލަން ޖެހެނީ މުބާާރާތްތައް ބޭއްވުމަށް ބޭނުންވާ ވަސީލަތްތައް ބޮޑެތި ޙަރަދުތަކެއް ކޮށް، ކައުންސިލުތަކުން ބާއްވާއިރު މިކަމަށް ދޭން ޖެހޭ އަހަމިއްޔަތުކަން އެންމެ މަތީ ފަންތިން އަޅުގަނޑުމެންނަށް ނުލިބޭ ކަން ” މަޑުމަތި މިޒާޖެއް ގެންގުޅުވާ އަހުމަދު އިބުރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަންތައްތަކަކީ މިމަގާމުގައި ހުރެ ވަރަށް ހަރުކަށި ގޮތެއްގައި ކުށްވެރިކުރާ ކަމެއް ގޮތުގައި  ފާހަގަކުރަން ކަމަށެވެ.

އަދި ހަމަ އެއާއެކު ކީރިތި ގުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތަކީ ގައުމީ ފެންވަރުގެ ބޭއްވޭ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތަށް އަތޮޅުތަކުން ތަމްސީލްކުރާ ނުވަތަ ބައިވެރި ނެގުމަށްޓަކާ ބާއްވާ މުބާރާތެއްނަމަވެސް މިއަހަރު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ގައުމީ މުބާރާތަށް ގެނައި ބޮޑު ބަދަލަކީ މިއަހަރުގެ މުބާރާތުގެ ދަރިވަރުން ނެގުމަށް އޮތް ބޮޑު ހުރަހެއް ކަމުގައި އަހުމަދު ވިދާޅުވި އެވެ.

ޤައުމީ ގުރުއާން މުބާރާތް ފެށެން އެންމެ މަހަކަށް ވެފައިވަނިކޮށް ކުރިން އަމަލުކުރުމުން އައި މުޤައްރަރު ފަހުން އިންތިޒާމު ވެގެން އައި މުގައްރަރު އެއީ ކުދިންނަށް އެހާ ފަސޭހައިން ކުރު މުއްދަތެއް ތެރޭގައި ނަގައިގަނެވޭނެ އެއްޗެއް ނޫން ކަމަށާއި ސަރުކާރާއި ޤުރުއާނާ ބެހޭ މަރުކަޒުގެ ވެރިން މިކަމަށް ވިސްނަވަޑައިގެން މިއަހަރުން ކުރިން ވެސް އެ މުބާރާތް ގެންދެވި ގޮތަށް ގެންގޮސްދިނުމަށް އަހުމަދު އެދިލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355