twitterviber whatsapp telegramfacebookyoutube instagram
18th May 2024

ވަގުތީ ގޮތުން ހަވީރު ނޫސް ނެރުން ހުއްޓާލަން އަމުރު ނެެރެފި

Mar 31, 2016

ހަވީރު ނޫހުގެ މިލްކުވެރިކަމާ މެދު ހުށަހަޅާފައިވާ މައްސަލަ ނިމެންދެން ވަގުތީގޮތުން ހަވީރު ނޫސް ނެރުން ހުއްޓާލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

އެ މައްސަލާގައި ދައުވާކުރާ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދު މޫސާގެ ބައިވެރިވުން ނެތި ހަވީރު ނޫސް ނުނެރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ މިއަދު އެވެ. އެ އަމުރު ނެރެފައިވަނީ ހަވީރު ނޫހުގެ މިލްކުވެރިކަމާ މެދު އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެނެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން މައްސަލަ ދައުވާކުރާ ފަރާތްތަކުގެ ދައުރެއް ނެތި “ހަވީރު”ގެ އެއްވެސް އެކައުންޓަކުން މުއާމަލާތު ނުކުވޭނެ އެވެ. އެހެންނަމަވެސް ” ހަވީރު އޮންލައިނަށް” އަށް މި އަމުރު ރައްދު ނުވާތީ މިހާރެކޭ ވެސް އެއްގޮތަށް އޮންލައިން ކުރިއަށް ދާނެ ކަމަށް އެނޫހުން ވަނީ ބުނެފަ އެވެ.

ސިވިލް ކޯޓުގެ އަމުރުގައި ވަނީ އިބްރާހީމް ރަޝީދު މޫސާ އާއި ފާރޫގަކީ، ދައުވާ ރައްދުވާ މުހައްމަދު ޒާހިރު ހުސެއިންއާ އެއްފަދައިން، ހަމަހަމަ ހިއްސާ ލިބިގެންވާކަން، ހައި ކޯޓުގެ ގަޒިއްޔާ އިން އެންގެން އޮންނަ ކަމަށެވެ. އެގޮތުން ޒާހިރުގެ ހިއްސާގެ މިންވަރަކީ 25 ޕަސެންޓް ކަަމަށާއި ފާރޫގާއި އިބްރާހިމް ރަޝީދު މޫސާގެ ހިއްސާ އަކީ 50 ޕަސެންޓް ކަމަށް އަމުރުގައިވެ އެވެ.

އޭގެއިތުުރުން އެ ހުކުމުގައިވާ ގޮތުން ހަވީރުގެ ހިއްސާ ބެހިފައިވަނީ ހަތަރު ބޭފުޅަކަށެވެ. އެއީ ކޮންމެ ބޭފުޅަކަށް 25 އިންސައްތަ އެވެ. ޒާހިރު ހުސެއިން އާއި ފާރޫގާއި އިބްރާހިމް ޒާހިރުގެ އިތުރުން ދެން އެ ނޫހުގެ ހިއްސާ އޮންނަނީ ހެންވޭރު ޓައިމްލެސް މުހައްމަދު ނައީމުގެ އަތުގައި ކަމަށް ހުކުމްގައިވެ އެވެ.

ފާރޫގާއި އިބްރާހިމް ރަޝީދު ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނީ ހައިކޯޓުން ކުރި ހުކުމުގައިވާ ހައްގުތައް އެ ބޭފުޅުންނަށް ހޯދައިދިނުމަށް އެދި އެވެ. ހައިކޯޓުން ކުރި ހުކުމުގައި، ފާރޫގާއި އިބްރާހިމް ރަޝީދާ ކޮންމެ ބޭފުޅަކަށް ފައިދާގެ ހަތަރު ބައިކުޅަ އެއް ބައި ދިނުމަށް ވަނީ އަންގާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355