twitterviber whatsapp telegramfacebookyoutube instagram
18th May 2024

ޤައުމީ ކެޑޭޓް ކޯ އިން ހިންގި ބޭންޑް އިންސްޓްރަކްޓަރ ކޯހުން 2 ވަނަ ކުޅުދުއްފުށީ ކެޑޭޓަކު ހޯދައިފި

Mar 31, 2016

މޯލްޑިވްސް ނެޝަނަލް ކެޑޭޓްގެ ކޯ (އެމްއެންސީސީ) ގެ ފަރާތުން ކުރިއަށްގެންދިޔަ ބޭންޑް އިންސްޓްރަކްޓަރ ލެވެލް 1 ގެ ކޯހުން ދެވަނަ ކުޅުދުއްފުށީ ހެޕީހޯމް ހުސެއިން ޝިޔާން މުހައްމަދު ހޯދައިފި އެވެ.

މިކޯސް ފުރިހަމަ ކުރުމުން އޭނާ ވަނީ އެމްއެންސީސީގެ ކޯޕުރަލް ރޭންކަށް މަތިވެފަ އެވެ.

ފެބްރުއަރީ ފަނަރައިން މާރޗު ފަނަރައަށް މާލޭގައި ކުރިއަށް ދިޔަ މި ކޯހުގައި 7 ބައިވެރިއަކު ވަނީ ބައިވެރިވެފަ އެވެ.

މިކޯސް ނިންމުމަށް ރޭ އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންސީސީގެ ކޮމާންޑަރ ބުރިގޭޑިއާ ޖެނެރަލް އަލީ ޒުހެއިރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355