ހދ. އަތޮޅު ކައުންސިލުގެ ޤުރުއާން ކިޔެވުމުގެ މުބާރާތް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވައިކަރަދޫ ކާމިޔާބުކޮށްފި އެވެ. މުޅި މުބާރާތުން އެންމެ މޮޅު ރަށްރަށަކަށް ވައިކަރަދޫ ހޮވުނުއިރު 2 ވަނަގައި އުޅެނީ މަކުނުދޫ އެވެ. އަދި 3 ވަނަ ލިބިފައިވަނީ ހަނިމާދޫއަށެވެ.
އެހެން އަހަރުތަކެކޭވެސް އެފަދައިން މިއަހަރުވެސް ޝަރަފްވެރި އެންމެ ގިނަ މަގާމުތަކެއް ހޯދީ ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާ އާއި މަކުނުދޫ ސްކޫލުގެ ދަރިވަރުންނެވެ.
މުޅި މުބާރާތުން އެންމެ މޮޅު ދަރިވަރުގެ މަގާމު ނުހޮވިނަމަވެސް 95 މާކްސް ލިބިގެން ހެޔޮއެދޭ ފަރާތެއް ދިން އުމުރާ ދަތުރު ލިބިފައިވަނީ ހދ އަތޮޅު މަދަރުސާގެ ފައިހާ އަބުދުﷲ އަޤީލަށެވެ. އޭނާ ވަނީ މުޅި މުބާރާތުގެ ނުބަލާ ކިޔެވި ގޮފިން ވެސް އެއްވަނަ ހާސިލުކޮށްފަ އެވެ.
ނުބަަލައި ކިޔެވި ގޮފިން ދެވަނަ ހޯދީ ވެސް ހދ އަތޮޅު މަދަރުސާގެ ދަރިވަރުން ފާތިމަތު ނިހާލް މުހައްމަދެވެ. 3 ވަނަ ހޯދީ ނޮޅިވަރަމް ސްކޫލުގެ ދަރިވަރު އާއިޝަތު ނުރާ އަލީ އެވެ
މުޅި މުބާރާތުން ބަލައިގެން ކިޔެވި ގޮފިން 1 ވަނަ ހޯދީ ހދ އަތޮޅު މަދަރުސާގެ ދަރިވަރު އުލާ އަބުދުﷲ ޖަލީލެވެ. ދެވަނަ ހޯދީ ވެސް އެސްކޫލުގެ އަހުމަދު އަރުޝަމެވެ. ތިން ވަނަ ކާމިޔާބުކުރީ ނޮޅިވަރަންފަރު ސްކޫލުގެ ދަރިވަރު އާއިޝަތު އަނާ އަހުމަދެވެ.
ހދ އަތޮޅުގެ 12 ރަށެއް 14 ސްކޫލަކުން 148 ދަރިވަރުން ވާދަކުރި މިމުބާރާތުގެ ނަތީޖާފާޅު ކުރުން ކުރިއަށްގެން ދިޔައީ މިރޭ ނެއްލައިދޫ ސްކޫލުގަ އެވެ.
މިމުބާރާތުގެ އެންމެ މޮޅު 15 ދަރިވަރުންނަކީ :ބަލައިގެން
– އުލާ އަބުދުﷲ ޖަލާލު ގުލްބަކާގެ/ ހދ އަތޮޅު މަދަރުސާ
-އަހުމަދު އަރުޝަމް ގުރަހާތަރި/ ހދ އަތޮޅު މަދަރުސާ
-އާއިޝަތު އަނާ އަހުމަދު، ނޫރަންގުލޭގެ، މ ދިއްގަރު/ ނޮޅިވަރަންފަރު ސްކޫލު
– މަޒީނާ މުހައްމަދު ، ލިލީ/ނޮޅިވަރަމް ސްކޫލު
– ރާއިދާ މޫސާ، އެލްޕާސޯ/ކުމުންދޫ ސްކޫލު
– މަލަކާ މުހައްމަދު ހަބީބު، ޒެންބިއާ/ މަކުނުދޫ ސްކޫލު
– މަރްޔަމް ސިދުނާ ޝަފީޤު، ކަނބުރުގެ/ ހދ އަތޮޅު މަދަރުސާ
– ސިނާން ހުސެއިން، ހޭޅި/ހދ ނޮޅިވަރަންފަރު ސްކޫލު
ނުބަލާ ކިޔެވި ގޮފިން
– ފައިހާ އަބުދުﷲ އަޤީލް، ފަލްކަމް/ ހދ އަތޮޅު މަދަރުސާ
-ފާތިމަތު ނިހާލް މުހައްމަދު ،ކަސްމީރުވާދީ/ ހދ އަތޮޅު މަދަރުސާ
– ޝައްމާ މުހައްމަދު،ގަހާ/ ނޮޅިވަރަމް ސްކޫލު
– އަމީން ފަޟީލް،ރިވަރެންސް/ މަކުނުދޫ ސްކޫލު
-މިޒުހާ ހުސެއިން ޖަލީލު، ނާރެސް/މަކުނުދޫ ސްކޫލު
– މިންހާ މުހައްމަދު، ލިލީގެ/ ނޮޅިވަރަމް ސްކޫލު
– ޔޫޝައު ބިން މުހައްމަދު ހިލްމީ، ސައިމާ/ ހދ އަތޮޅު މަދަރުސާ
މިމުބާރާތުގެ ހާއްސަ ވަނަތައް ހޯދާފައިވާ ދަރިވަރުންނަށް އިނާމާ ޓްރޮފީ ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު އިސްލާމިކް މިނިސްޓްރީގެ ޕާމެނެންޓް ސެކެޓްރީ މުހައްމަދު ދީދީ އެވެ.
ނެއްލައިދޫ ސްކޫލްގައި ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ހދ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމް އެކައުންސިލުގެ ނައިބު ރައީސް އަބްދުލް ލަތީފް ހަސަންގެ އިތުރުން ހދ އަތޮޅުގެ ރަށްރަށުގެ ކައުންސިލްގެ ރައީސުންނާއު ނައިބް ރައީސުންގެ އިތުރުން ކައުންސިލުގެ މެންބަރުންގެ އަދި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި އެވެ.