twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ޕްރިޔަންކާ އަމިއްލައަށް މަރުވާން އުޅުނު ކަމަށް ބުނާ ހަބަރުތައް މަންމަ މަދޫ ދޮގުކޮށްފި

Apr 4, 2016

ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށް ބުނާ ހަބަރުތަކަށް ޕްރިޔަންކާގެ މަންމަ ރައްދުދީ އެވާހަކަ ދޮގު ކޮށްފިއެވެ.

މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ދޮގުކޮށް ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ދޮގުހަދާ މީހާ ޖަލުގައި ދުވަސްތަކެއް ހޭދަ ކުރި ކަމަށާއި އެމީހާގެ އުމުރުން ދުވަސްވީ މަންމައާއި ބައްޕަ ޕީސީގެ ފައިބުޑަށް ވެއްޓި މައާފަށް އެދިފައިވެސް ވާ ކަމަށެއެވެ.

@ChopraLover @1lovePC that lying bastard spent time in jail…his old mother and father fell at Pc's feet begging forgiveness.…

— Madhu Chopra (@chopramm5) April 3, 2016

މަދޫ ޗޮޕްރާ ކުރި ޓްވީޓު

މަދޫގެ ޓުވީޓުން ޕްރިޔަންކާ އަމިއްލައަށް މަރުވާން އުޅުނު ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ހާމަވެ ކުރީގެ މެނޭޖަރުގެ ކުރި ކުށަކަށް ޖަލުގެ އަދަބު ލިބިފައިވާކަން އެނގިގެންދެއެވެ.

މީޑިއާގައި ޕްރިޔަންކާ އަމިއްލައަށް މަރުވާން އުޅުނު ކަމަަށް ބުނެ ވާހަކަތައް ފެތުރެން ދިމާވީ ޕްރިޔަންކާގެ ކުރީގެ މެނޭޖަރު ޕްރަކާޝް ޖަޖޫ ޕްރިޔަންކާ އަމިއްލައަށް މަރުވާން އުޅުނުކަމަށް ބުނެ ކުރި ޓީވީޓެއްގެ ސަބަބުންނެވެ. އެ ޓުވީޓުގައި ޕްރަކާޝް ޖަޖޫ ބުނެފައި ވަނީ ޕްރިޔަންކާ އަކީ މިހާރު ވަރަށް ހިތްވަރުގަދަ މީހެއް ގޮތުގައި ބެލެވުނަސް އޭނާގެ ސްޓްރަގަލް ކުރި ދުވަސްވަރު ދެ ތިން ފަހަރެއްގެ މަތިން އަމިއްލަ އަށް މަރުވާން މަސައްކަތް ކުރި ކަމަށާއި ކޮންމެ ފަހަރަކުވެސް ޕްރަކާޝްއަށް ފެނިގެން ހުއްޓާލެވިފައި ހުންނާނެ ކަމަށް ޓުވީޓުގައި ވެއެވެ.

ޕްރިޔަންކާ އަދި އޭނާގެ ކުރީގެ މެނޭޖަރާއި ދެމެދު ބޮޑު މައްސަލައެއް ޖެހިފައިވާއިރު، މި މެނޭޖަރުގެ ކޮންޓްރެކްޓު ޕްރިޔަންކާ ބާތިލުކުރުމުން އޭނާ ވަނީ ޕްރިޔަންކާ އާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ. އަދި ހަމަ އެހެންމެ ޕްރިޔަންކާގެ ބައްޕަވަނީ މި މެނޭޖަރާއި ދެކޮޅަށް ވެސް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ޕްރިޔަންކާގެ ބައްޕަ ޖަޖޫއާއި ދެކޮޅަށް ޕްރިޔަންކާގެ ޒާތީ ދިރިއުޅުމުގެ ކަންކަމާއި ބެހިގެން ހުށައެޅި މައްސަަލައެއް ސާބިތުވެ އޭނާވަނީ 67 ދުވަހު ޖަލު ބަންދުގައި ހޭދަކޮށްފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355