twitterviber whatsapp telegramfacebookyoutube instagram
22nd June 2025

ގަވައިދާ ހިލާފަށް ގޭގޭގައި އިމްޕޯޓް މުދާ ވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަށް: ކުޅުދުއްފުށީ ކައުންސިލް

Apr 5, 2016

މިހާރަކަށް އައިސް ގިނަ ގޭބިސީ ތަކުގައި ގަވައިދާ ހިލާފަށް އިމްޕޯޓް މުދާ ވިއްކާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

އިއްޔެ އެކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގައިވަދާ ހިލާފަށް ގޭގޭގައި އިމްޕޯޓް މުދާ ވިއްކާކަން ފާހަގަކުރެވޭ ގޭގެ މިއަދުން ފެށިގެން އެއިދާރާއިން ބަލަމުން ގެންދާނެ ކަމަށެވެ.

އަދި އެފަދަ ފަރާތްތަކާ މެދު ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނޫގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެއިދާރާއިން ބުނެފައިވެ އެެވެ. އެގޮތުން 1000 ރުފިޔާ އާއި 10000 ރުފިޔާގެ ދެމެދުގެ އަގަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ގަވައިދާ ހިލާފަށް އިމްޕޯޓް މުދާ ވިއްކާ ގެއެއް އެނގިލައްވާ ނަމަ އެކައުންސިލުންގެ 6521185 ގުޅުއްވާ މައުލޫމާތު ދެއްވުމަކީ އެއިދާރާގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެފަރާތުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355