twitterviber whatsapp telegramfacebookyoutube instagram
19th May 2024

“ޕެނަމާ ޕޭޕާސް” ލީކުވުމާ ގުޅިގެން ފުޓްބޯޅަ ކުޅުންތެރިޔާ މެސީގެ ކޮރަޕްޝަންގެ އަމަލެއް ވެސް ފަޅާއަރައިފި

Apr 5, 2016

އޮފް ޝޯ އެކައުންޓުތައް ނުވަތަ ގައުމުން ބޭރުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތައް ބޭނުންކޮށްގެން، ލާރި ފޮރުވައި ހިޔާނާތާއި ފަސާދައިގެ ވަޅުގަނޑެއްގައި ފިލައި ތިބި ދުނިޔޭގެ ނަން މަޝްހޫރު ތަރިންނާއި، އެކި ގައުމުތަކުގެ އިސްވެރިން އަދި ކުރީގެ ލީޑަރުންތަކެއް މި ވަޅުގަނޑުން ނެރެ ދުނިޔެ އަށް އިއްޔެ ބޭޒާރުކޮށްލައިފިވާއިރު އެ ލިސްޓުގައި މެސީގެ ނަންވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓް ތަކުން ބުނެފިއެވެ.

މި މައްސަލާގައި ލައިނަލް މެސީ ވަނީ އޭނާގެ ބައްޕައާއެކު ޕެނަމާ ކުންފުންޏެއް ކަމަށްވާ ސްޓާ އެންޓަޕްރައިސެސް ކުންފުނި ގަނެފައިއެވެ. އަދި ޕެނަމާ ޕޭޕާސްގެ ލީކުން އެ ކުންފުންޏަކީ ފައިސާ ރައްކާ ކުރުމަށް ތައްޔާރުކޮށްފައިވާ ކުންފުންޏެއް ކަމަށް ހާމަވެއެވެ.

މެސީ އަކީ މިހާރު ވެސް ޓެކްސް އަށް މަކަރު ހެދުމުގެ ތުހުމަތުގައި ބެދިފައިވާ ފަރާތެއްކަން ވެސް ފާހަގަކޮށްލެވެ އެވެ. އަދި ހިޔާނާތާއި ފަސާދައިގެ ވަޅުގަނޑެއްގައި ފިލައި ތިބި ދުނިޔޭގެ ނަން މައްޝޫރު މީހުންގެ ލިސްޓުގައި މެސީގެ ނަން ހިމެނިފައި ވާއިރު މި ކަމާ ބެހޭގޮތުން މެސީގެ އެއްވެސް ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ބޮޑު ކޮރަޕްޝަންގެ އަމަލު ހިންގާ ކަމަށް ދެކެވޭ ޕެނަމާގެ ލޯ ފާމް މޮޒްކޯ ފޮންސެކާގެ ލީކުވި ޑޮކިއުމެންޓްތަކުގެ ތެރޭގައި މެސީގެ އިތުރުން ފުޓުބޯޅައިގެ އެންމެ ބޮޑެތި ޓީމުތައް ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންތަކެއް ހިމެނިފައިވާ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ. އެގޮތުން އެ ޓީމްތަކަށް ނިސްބަތްވާ ޖުމްލަ 20 ކުޅުންތެރިޔަކު ހިމެނޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކޮރަޕްޝަންގެ މި ބޮޑު ޖަރީމާގައި ދުނިޔޭގެ އެތައް މައްޝޫރު ލީޑަރުންނާއި ތަރިން ހިމެނޭ އިރު އެންމެ ފާހަގަކޮށްލެވޭ މީހުންގެ ތެރޭގައި ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން، އައިސްލޭންޑްގެ ބޮޑުވަޒީރު ސިގްމަންޑާ ގަލޯންގްސަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ހިމެނެއެވެ.

މަޝްހޫރު ސެލެބްރިޓީންނަށް ބަލާއިރު އިންޑިއާގެ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަމީތާބު ބައްޗަން އާއި އައިޝަވަރުޔާ ބަައްޗަން، ޖެކީ ޗޭން ފަދަ ތަރިން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355