twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓު ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

Apr 5, 2016

ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އެއާޕޯޓު ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ ރީޖަނަލް އެއާޕޯޓްގެ ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ކުޅުދުއްފުށި އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޑް ސެކިއުރިޓީ އަދަދަކީ 62،000 ޔޫއެސް ޑޮލަރު ކަމަށާއި ފުނަދޫ އެއާޕޯޓް ތަރައްގީ ކުރަން ސެކިއުރިޓީ އަދަދަކަށް 60،000 ޔޫއެސް ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 208 ދުވަސް ކަމަށާއި ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސަންޓު ކަމަށެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލައިފައިވާއިރު އެ ބީލަންތަކުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށާއި އަދި އެފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައިފައިވާ ކަމަށް މީރާއިން ދޫކޮށްފައިވާ ލިޔުން  ހުށަހަޅަންޖެހޭނެ ކަމަށެވެ.

އެފައިސާ ބަލައިގަންނާނީ މި މަހު 10 ވަނަ ދުވަހުން ފެށިގެން މޭ 18 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް ފިނޭންސް މިނިސްޓްރީން ކަމަށް އެއިއުލާންގައި ބުނެފައިވެއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355