twitterviber whatsapp telegramfacebookyoutube instagram
19th May 2024

ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސަކަށް ޝަހީބު އައްޔަނުކުރައްވައިފި

Apr 5, 2016

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސްއަކަށް މުހައްމަދު ޝަހީބު ހަަމަޖައްސަވައި ނައިބު ރައީސަކަށް މުހައްމަދު އަސްލަމް މިއަދު ހަމަޖައްސަވައިފި އެވެ.

އޭގެ އިތުރުން ބްރޯޑްކޮމްއިން މުއްދަތު ހަމަވި ހަ މަގާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުން ދިން ހަ މެމްބަރުން ކޮމިޝަނުގެ މެމްބަރު ކަމަށްވެސް މިއަދު ވަނީ އައްޔަން ކުރައްވާފަ އެވެ.

ބްރޯޑްކޮމްއަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރި ހަ ނަންފުޅު:

މުޙައްމަދު ޝަހީބު، ހ. ރީތިގަސްދޮށުގެ.

ޒީނާ ޒާހިރު، ގދ. ގައްދޫ، އަތީރީގެ.

އާމިނަތު ސަހާރަތު ޢިއްޒަތު، ގ. ގޮފި.

ފާޠިމަތު ޒައިނާ، ކ. ދިއްފުށި، ހުވަނދުމާގެ.

އިސްމާއީލް ޞަފްވާން، ޅ. ހިންނަވަރު ފަހަލަ.

ހަސަން ނަބާހް، ވ. ވެރޯނިކާ، ކ. މާލެ.

އެގޮތުން މި ހަ މެންބަރުންނަށް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރި ކަމުގެ ލިޔުން ވަނީ ރައީސް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ހަވާލުކޮށްދެއްވާފަ އެވެ.

ބްރޯޑްކޮމް ގެ ރައީސްއަކަށް އައްޔަންކުރި މުހައްމަދު ޝަހީބަކީ މިދިޔަ ދައުރުގެވެސް އެކޮމިޝަންގެ ރައީސެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ހަ ބޭފުޅަކަށް ރުހުން ދެއްވާފައިވާއިރު އޭގެތެެއިން ދެ ފަރާތަކީ ކޮމެޓީ މަރުހަލާގައި 75 ޕަސެންޓަށް ވުރެ ދަަށުން މާކްސް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ނެވެ. އެ ދެ ބޭފުޅުންނަކީ ޞަފްވާން އާއި ނަބާހު އެވެ.

އެ ކޮމިޝަނުގެ ހަތްވަނަ މެމްބަރު މުހައްމަދު އަސްލަމް އެ ކޮމިޝަނަށް އައްޔަނު ކުރެވިގެން ދިޔައީ 2013 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355