ޖަލާލުއްދީން ސްކޫލުގެ 6 ކުލާހުގައި ތަށިމުށި ޖެހުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޖަމްބަލް ސޭލެއް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި އެވެ.
އެސްކޫލުގެ ޕީޓީއޭ އިން އިންތިޒާމްކޮށްގެން ބާއްވާ މި ޖަމްބަލް ސޭލް އޮންނާނީ އަންނަ ހުކުރު ދުވަހު 14:30 އިން 17:00 އަށެވެ.
މިޖަމްބަލް ސޭލުގައި ރާއްޖޭގެ ހައްދައި ތަރުކާރީ އާއި މޭވާ އަދި ތައްޔާރީ ކާނާގެ އިތުރުން ގޭތެރޭ ބޭނުން ހިފައިގެން ގުޅޭ ސާމާނު ލިބެން ހުންނާނެ ކަމަށް ސްކޫލުން މައުލޫމާތު ދެ އެވެ.
ސްކޫލުތަކަށް ބޭނުންވާ ތަފާތު ވަސީލަތް ހޯދުމާއި ޒަމާނީ ފެންވަރަށް ކުލާސް ރޫމްތައް ބަދަލުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ތަފާތު ގިނަ ޕްރޮގުރާމްތަކެއް އަތޮޅު ތެރޭ ސްކޫލުތަކުގެ ޕީޓީއޭ އިން ކުރެ އެވެ.