twitterviber whatsapp telegramfacebookyoutube instagram
19th May 2024

އުރީދޫއިން އައިފޯން އެސްއީ ވިއްކަން ފަށައިފި

Apr 6, 2016

ހަތަރު އިންޗީގެ ޑިސްޕްލޭ ހިމެނޭ ފޯނުތަކުގެ ތެރެއިން އެންމެ ބާރުގަދަ ފޯނުކަމަށްވާ އައިފޯން އެސްއީ އުރީދޫ އިން ރާއްޖޭގައި މިއަދު ލޯންޗުކޮށް ވިއްކަން ފަށައިފިއެވެ.

ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި އުރީދޫއިން އައިފޯން އެސްއީގެ ޕްރީ އޯޑަރ ނަގަން ފަށާފައިވާއިރު، މިއަދު އުރީދޫ އެކްސްޕީރިއަންސް ސެންޓަރގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެންމެ ފުރަތަމަ ޕްރީއޯޑަރ ކުރެއްވި ކަސްޓަމަރުންނަށް، އެބޭފުޅުންގެ އައިފޯން އެސްއީ ވަނީ ހަވާލުކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ދިވެހިންނަކީ ފަހުގެ ޓެކްނޮލޮޖީތައް ބަލައިގަނެ، ބައިނަލްއަޤްވާމީ މަރކެޓަށް ތައާރަފް ކުރާ އެންމެ ފަހުގެ އަދި އެންމެ އެޑްވާންސް އުފެއްދުންތައް، އެންމެ ކުރިން ބައްލަވައިގަންނަން އަބަދުވެސް ޝައުގުވެރިވާ ބައެއް ކަމަށެވެ. އަދި އެހެންކަމުން ފަހުގެ އުފެއްދުންތަކާއި ޓެކްނޮލޮޖީތައް އުރީދޫގެ ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށްޓަކާ، ފަސޭހަ، އަގުހެޔޮ، އަދި ފްލެކްސިބަލް ޕެކޭޖްތަކެއް ތައާރަފްކޮށްދިނުމަކީ އެކުންފުނިން ވަރަށް އަހަމިއްޔަތުކަން ދޭ ކަމެއް ކަމަށް ސީއީއޯ ބުންޏެވެ.

ސައިޒުން ކުޑަ ނަމަވެސް، ނުހަނު ބާރުގަދަ އައިފޯން އެސްއީ، އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު ބައްލަވައިގަތުމަށް އެހީތެރިވެދޭ ހާއްސަ ޕެކޭޖް ތަކުގެ ތެރޭގައި، ހިލޭ ކޯލް އަދި 12 ޖީބީގެ ހިލޭ ޑޭޓާ ހިމެނޭ ފުލްޕޭމަންޓް އޮފަރއެއް ވަނީ އުރީދޫއިން ތައާރަފްކޮށްފައެވެ. މި އޮފަރ މެދުވެރިކޮށް އައިފޯން އެސްއީގެ 16 ޖީބީގެ ފޯން 7،849 ރުފިޔާ ބަލައިގަނެވޭއިރު އައިފޯން އެސްއީގެ 64 ޖީބީގެ ފޯން ބައްލަވައިގަނެވޭނީ 9،699 ރުފިޔާ އަށެވެ.

އައިފޯން އެސްއީ ގަންނަން ބޭނުންވާ ފަރާތްތަަކަށް 12 މަހަށް ބަހާލެވިފައިވާ އިންސްޓޯލްމަންޓް ޕެކޭޖެއް ތައާރަފްކޮށްފައިވާއިރު -/1999 ޑައުންޕޭމެންޓެއް ހިމެނޭ އިންސްޓޯލްމެންޓް ޕެކްތައް މެދުވެރިކޮށް އައިފޯން އެސްއީގެ 16 ޖީބީގެ ފޯން މަހަކު 499 ރުފިޔާ އަށް ލިބިގެންދާއިރު، އެމޮޑެލްގެ 64 ޖީބީގެ ފޯނު ލިބޭނީ މަހަކު 649 ރުފިޔާއަށް ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ޕޯސްޓްޕެއިޑް 499، ފޯސްޓްޕެއިޑް 549، ޕޯސްޓްޕެއިޑް 749 އަދި ޕޯސްޓްޕެއިޑް 999 ޕެކޭޖްއާއި އެކު. އިންސްޓޯލްމަންޓް ޕްލޭން މެދުވެރިކޮށް، އައިފޯން އެސްއީ ބައްލަވައިގަންނަ ކަސްޓަމަރުންނަށް އަންލިމިޓެޑް ކޯލް، އަންލިމިޓެޑް އެސްއެމްއެސް، އަދި 10 ޖީބީ އާއި ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބުމުގެ އިތުރުން، ވަރަށް ފުރިހަމަ އައިޑީޑީ އޮފަރތަކެއްވެސް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355