twitterviber whatsapp telegramfacebookyoutube instagram
14th August 2026

އިންޑޮނޭޝިއާ އަށް 6.0 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

Apr 6, 2016

އިންޑޮނޭޝިއާ އަށް 6.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ ސުމަތުރާ އަދި ބާލި ދެމެދު އޮންނަ ރަށެއް ކަމަށްވާ ޖާވާއަށެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނީ މި ބިންހެލުން އައިސްފައި ވަނީ 35.4 ކިލޯމީޓަރު ކަނޑުގެ އަޑިއަށް ކަމަށެވެ.

މި ބިން ހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް އިންޑޮނޭޝިއާގެ މިޓިއަރޮލޮޖީ އެންޑް ޖިއޯފިޒިކްސް އެޖެންސީ އިން ބުނެއެވެ. އަދި މިބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ..

Earthquake of magnitude 6.0 hits Java, Indonesia; NO threat to Maldives.

— Maldives Meteorology (@MetMaldives) April 6, 2016

ވެސްޓް ޖާވާ މިޓިޖޭޝަން އެޖެންސީއިން ބުނިގޮތުގައި ބިންހެލުމުގެ ސަބަބުން މިހާތަނަށް އެއްވެސް ތަނަކަށް ގެއްލުންވެ މީހަކަށް އަނިޔާވި ކަމުގެ އެއްވެސް ރިޕޯޓެއް ކޮށްފައި ނުވެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355