twitterviber whatsapp telegramfacebookyoutube instagram
13th August 2026

10 މީހުނާއެކު ކުޅެމުންދިޔަ އެތުލެޓިކޯގެ މައްޗަށް ބާސާއިން ފަހަތުން އަރާ ކުރި ހޯދިއިރު ބަޔާން އަށް ހަނި މޮޅެއް

Apr 6, 2016

ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗުގައި 10 މީހުނާއެކު ކުޅެމުންދިޔަ އެތުލެޓިކޯގެ މައްޗަށް ބާސާއިން ފަހަތުން އަރާ ކުރި ހޯދިއިރު ބެންފީކާގެ މައްޗަށް ބަޔާން މިއުނިކުން ހަނި މޮޅެއް ހޯދައިފި އެވެ.

ރޭ ބާސެލޯނާއިން ފަހަތުން އަރާ 2-1 އިން އެތުލެޓިކޯ ބަލިކުރިއިރު މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފެނާންޑޯ ޓޯރޭސް އެވެ. މި ލަނޑު ޖެހިތާ ކުޑައިރުކޮޅެއްތެރޭ ކައިރިކައިރީ ޓޮރޭސް ކުރި ދެ ފައުލަކަށް ވަނީ ދެ ރީނދޫ ކާޑު ދައްކާ ރަތް ކާޑު ދައްކާފަ އެވެ.

ބާސެލޯނާއިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 63 ވަނަ މިނެޓްގައި ޖޯޑީ އަލްބާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ލުއިސް ސުއަރޭޒް އެވެ. މި މެޗު ބާސެލޯނާގެ ދަނޑުގައި ކުޅެފައިވާއިރު ދެވަނަ ލަނޑު ސުއަރޭޒް ކާމިޔާބުކުރީ މެޗުގެ 74 ވަނަ މިނެޓްގައި ޑެނި އަލްވޭސް ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ގޯލަށް ވައްދާލައިގެންނެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ވިޑާލް ޖަހައިދިން ހަމައެކަނި ލަނޑުން ބަޔާން އިން ވަނީ އަމިއްލަ ދަނޑުގައި ބެންފީކާ ގެ މައްޗަށް 1-0 އިން ކުރި ހޯދާފަ އެވެ.

މިރޭ ވެސް ކުއާޓާގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު އެއް މެޗުގައި ކުޅޭނީ ރިއަލް މެޑްރިޑް އަދި ވޫލްފްސްބާގް އެވެ. އަނެއް މެޗުގައި ކުޅޭނީ ޕީއެސްޖީ އަދި މެންޗެސްޓަރ ސިޓީ އެވެ. ދެ މެޗުވެސް ފެށޭނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355