ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުުރުސަތު ހުޅުވާލައިިފި އެވެ.
މީގެ ކުރިން މިމުބާރާތުގައި ބައިވެރިވަނީ ރަށު ގުރުއާން މުބާރާތަކުން ހޮވާލެވޭ ދަރިވަރުން އަތޮޅު ފެންވަރުގައި ބާއްވާ ގުރުއާން މުބާރާތަކުގައި ވާދަކޮށްގެން ކޮންމެ އަތޮޅަކުން ހޮވަލެވޭ 15 ދަރިވަރަކަށް ބައިވެރިވެވޭ ގޮތަކަށެވެ.
މުބާރާތަށް އައި ބަދަލާއެކު މިހާރު ހަމަޖެހިފައިވަނީ އޮޑިޝަނުގައި ބައިވެރިގެ އޮޑިޝަނުން ފާސްވާ ބައިވެރިން ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވުމަށް މާލެ ދިއުމަށެވެ. އޮޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު އެންމެނަށް ވަނީ ހުޅުވާލެވިފަ އެވެ.
ހދ އަތޮޅު ކައުންސިލުން އިއްޔެ ނެރެފައިވަ އިއުލާނުގައި ވާގޮތުން ގައުމީ ގުރުއާން މުބާރާތަށް ބޮޑެތި ބަދަލުތަކެއް މިދިޔަ މަހު 13 ގައި ގެނެސްފައިވާތީ މި މުބާރާތުގައި ބައިވެރިކުރާނެ ބައިވެރިން ހޮވުމަށް އަންނަ މައި މަހު 27 އަދި 28 ގައި އޮޑިޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އޮޑިޝަން ހދ އަތޮޅުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގަ އެވެ.
އަދި މު މުބާރާތަށް އައި ބަދަލާއެކު މިމަހު ކުރީ ކޮޅު ބޭއްވި ހދ އަތޮޅު ގުރުއާން މުބާރާތުން ހޮވިފައިވާ 15 ދަރިވަރުންނަކީ އަތޮޅުގެ އަލިގަދަ ތަރިންކަމަށް ވެސް މި އިއުލާނުގައި ވެއެވެ.
މި އޮޑިޝަނުގައި ބައިވެރިވުމަށް އެދޭ ފޯމް ދޫކުރަން ފަށާފައިވާއިރު މެއި 15 ހިސާބަށް ފޯމް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.