twitterviber whatsapp telegramfacebookyoutube instagram
12th April 2026

ކުޅުދުއްފުށީ ގެޔަކުން ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައިފި

Apr 7, 2016

ހދ ކުޅުދުއްފުށީ ގެއެއް ބަލައި ފާސްކޮށް ސިހުުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްތަކެއް ފުލުހުން ހޯދައިފި އެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުން އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައިފާސްކުރިއިރު އެގެއިން ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކަކާއި ލިޔުންތަކެއް ފެނިފައިވެއެވެ. އެހެންނަމަވެސް އެއީ ކޮން ގެއެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްކަކާއި ލިޔުންތަކެއް ހޯދައިވަނީ ކުޅުދުއްފުށީ ނޯތްޕޯލް ނަމަކަށް ކިޔާ ގެޔަކުންނެވެ

މި އޮޕަރޭޝަން ހިންގާފައިވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.

މި މައްސަލަ މިހާރު ދަނީ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355